ads
ރާއްޖޭގެ ދަނޑެއްގައި މަސައްކަތްކުރަމުންދާ ބިދޭސީއެއް- ފޮޓޯ: ސަން
ބިދޭސީންގެ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް އަރިހުގައި އެދިއްޖެ
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތ. ކަނޑޫދޫގެ ދަނޑުތަކުގައި މަސައްކަތްކުރާކަން ފާހަގަކޮށް، އެމީހުން ފަސޭހަގޮތަކަށް އަލުން އަނބުރާ ރެގިއުލަރައިޒް ކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށް ރައީސްގެ އަރިހުގައި އެދިއްޖެއެވެ.
Advertisement

ރައީސް ތ. އަތޮޅަށް ކުރެއްްވި ދަތުރުފުޅުގައި ކަނޑޫދޫ ދަނޑުވެރިންނާ ބައްދަލުކުރައްވާ ވަނީ އެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. 

ރައީސް ވަނީ ބިދޭސީން ރެގިއުލަރައިޒް ކުރެވޭނެ މަގުފަހިކޮށްދެއްވާނެކަމަށާ، ދެން ދަނޑުވެރިން ހުށަހަޅައިފައިވާ ކަންކަމުގައި މަޝްވަރާކޮށްގެން ރަނގަޅު ޙައްލުތަކެއް ހޯއްދަވައި ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ދަނޑުވެރިން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ކެމިކަލް އިން ކުރިން ނަގަމުން އައި ޑިއުޓީ ކަނޑާލިނަމަވެސް އޭގެ ފައިދާއެއް ދަނޑުވެރިންނަށް ނުކުރާކަމަށާއި، އޭގެ ފައިދާ ކުރަނީ ވިޔަފާރިވެރިންނަށްކަން ފާހަގަކުރިއެވެ. އަދި، ކަނޑުދޫގެ ދަނޑުވެރިން ވަނީ އެގްރޯނެޓް ސްކީމްގައި މިރުސް ނުހިމެނޭތީ އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ދަނޑުވެރިން ވަނީ ދަނޑުވެރިކަން ކޮށްގެން އުފައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް މާކެޓްގައި ހަމައަގުލިބޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމްކޮށް ދެއްވުމަށް ވެސް ރައީސްގެ އަރިހުގައި އެދިފައިވެއެވެ. 

ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވަނީ ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސް އެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.  މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

ދަނޑުވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސް ޑރ.ޙުސައިން ރަޝީދު ހަސަން ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ ކަނޑޫދޫގެ ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެެވެ. އަދި ކަނޑޫދޫގެ ދަނޑުވެރިން އެދޭގޮތަށް އެރަށުގެ ދަނޑުތަކަށް ކަރަންޓާއި ފެން ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް