ads
އެޑިއުކޭޝަން މިނިސްޓަރު--
ނުލިބި ހުރި ޓެކްސްޓް ފޮތްތައް ސުކޫލުތަކަށް ފޮނުވަން ފަށައިފި
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު، ނުލިބިހުރި ޓެކްސްޓް ފޮތްތައް އެޑިއުކޭޝަނަށް ލިބިއްޖެއެވެ.

ގްރޭޑުތަކުގެ ދަރިވަރުން ބޭނުންވާ ޓެކްސްޓްފޮތްތަކަކީ ރާއްޖެއިން ބޭރުން ގެންނަ ފޮތްތަކަކަށް ވެފައި، ކޮވިޑް-19 ގެ ސަބަބުން އެކަމުގެ ދަތިތަކެއް ހުރިކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން އެއިރު ބުނީ މި މަސް ނިމުމުގެ ކުރިން ފޮތްތައް ހަވާލުކުރެވޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު ލިބިފައިވާ ކަމަށެވެ. މިނިސްޓްރީން އަންނަނީ ފޮތްތައް ސުކޫލުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

ޓެކްސްޓްފޮތްތައް ނުލިބި ހުރި ދަރިވަރުންނަށް ވަނީ ފޮތްތަކުގެ ސޮފްޓް ކޮޕީ ހަވާލުކޮށްފައެވެ. ނަމަވެސް ސޮފްޓްކޮޕީން ކިޔަވައިދިނުމުގެ ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވަނީ މި މަހުގެ 10 ވީ އަންގާރަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް