ads
އޮސްކާ، ހަމްޒާ އަދި ޗެތްރީ
އޭއެފްސީ ކަޕް: ބަޝަންދުރާ ބެންގަލޫރު މެޗުގެ ނަތީޖާ މާޒިޔާއަށް މުހިއްމު
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި އިންޑިޔާގެ ބެންގަލޫރު އެފްސީއާ، ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް މާލޭގައި މިއަދު ހަވީރު ބައްދަލު ކުރާއިރު، މި މެޗުގެ ނަތީޖާ ކުޅިބަލަން ތިބޭ މާޒިޔާއަށް މުހިއްމުވާނެއެވެ. މާޒިޔާ ކުޅެން ޖެހޭ މެޗު އޮންނާނީ މިރޭ، މޯހަން ބަގާންއާ ދެކޮޅަށެވެ.

ބަޝަންދުރާ އާ ބެންގަލޫރު މިއަދު ހަވީރު ކުޅޭ މެޗުގެ ނަތީޖާ މާޒިޔާއަށް މުހިއްމުވަނީ، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަޝަންދުރާ އަތުން މާޒިޔާ ބަލިވެ، ގްރޫޕުގެ އެއްވަނަ ހޯދުމަށް އަމިއްލަ ބާރު ގެއްލިފައިވާތީއެވެ. މާޒިޔާ، ބަޝަންދުރާ އަތުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. އަނެއްކޮޅުން ހަމަ އެ ނަތީޖާއިން ބެންގަލޫރު އެފްސީވަނީ މޯހަން ބަގާން އަތުން ފުރަތަމަ މެޗުގައި ބަލިވެފައެވެ.

މިއަދު ހަވީރު ކުޅޭ މެޗުން ބަޝަންދުރާ ކިންގްސް ބެންގަލޫރު އަތުން މޮޅުވެއްޖެ ނަމަ، މިރޭ މޯހަން ބަގާން އަތުން މޮޅުވުން ނޫން އެހެން އެއްވެސް ނަތީޖާއެއް ނުކުމެއްޖެ ނަމަ މާޒިޔާއަށް ގްރޫޕުގެ އެއްވަނަ ހޯދުމުގެ ހުރިހާ ދޮރެއް ބަންދުވާނެއެވެ. އެއީ ބަޝަންދުރާ މޮޅުވެއްޖެނަމަ އެ ޓީމަށް ހަ ޕޮއިންޓް ލިބި، އަދި މިރޭ މާޒިޔާ މޮޅު ނުވެއްޖެ ނަމަ ފަހު މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް މާޒިޔާއަށް ދެން ހަ ޕޮއިންޓް ހަމަ ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އެހެންކަމުން މާޒިޔާއަށް ބަޝަންދުރާއާ ބެންގަލޫރު މެޗުގެ ނަތީޖާ މުހިއްމުވެއެވެ. ހަގީގަތުގައި މާޒިޔާއަށް އެންމެ މޮޅު ގޮތަކަށްވާނީ ބަޝަންދުރާއާ ބެންގަލޫރު މެޗުން ބަޝަންދުރާ ކިންސްގް މޮޅު ނުވުމުންނެވެ. ބަޝަންދުރާ އަތުން ބެންގަލޫރު މޮޅުވެއްޖެނަމަ މިރޭ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗުން މާޒިޔާއަށް އެއްވަރުކޮށްލެވުނުނަސް ފަހު މެޗު ކާމިޔާބުކޮށްގެން ގްރޫޕުގެ އެއްވަނަ ހޯދުމުގެ ހަނި މެތަމަތެޓިކަލް ފުރުސަތެއް އޮންނާނެއެވެ.

ބަޝަންދުރާއާ ބެންގަލޫރު ކުޅޭ މެޗު މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފަށާއިރު، މޯހަން ބަގާންއާ، މާޒިޔާގެ މެޗު ފެށޭނީ މިރޭ ނުވައެއް ޖަހާއިރުއެވެ. މާޒިޔާއަށް މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު އޮތް އެއް ހިތްހަމަ ޖެހުމަކީ މީގެ ކުރިން މާލޭގައި މޯހަން ބަގާންގެ މައްޗަށް މާޒިޔާއަށް ކާމިޔާބު ހޯދިފައިވުމުގެ ހިތްހަމަ ޖެހުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް