މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު މުލިއާގެ ދޮށަށް ގޮސް އަޑުގަދަކޮށް އެތަން ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައިވަނީ، ދަބަހަކާއި، ރަތްކުލައިގެ ކޮތަޅެއް ހިފައިގެން ތިބި ދެ މީހެކެވެ.
ހައްޔަރު ކުރި އެކަކު ވަނީ ހައްޔަރުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދޫކޮށްލާފަ އެވެ. ފުލުހުން އޭރު ބުނި ގޮތުގައި ބަންދުގައި ބަހައްޓާފައިހުރި ބޮން އޮތް ކަމަށް ބުނެ އިންޒާރުދިން މީހާއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަންދުގައި ހުރި މީހާ މި މަހުގެ 18 ވަނަ ދުވަހު ދޫކޮށްލީ، އޭނާގެ މައްޗަށް ދައުވާނުކުރަން ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލާފައިވާއިރު، މީގެ ކުރިން ތިން ފަހަރެއްގެ މަތިން އޭނާއަށް ބަންދުގެ މުއްދަތު ޖެހުމަށް ފަހުގައެވެ.
މީގެ ހަ އަހަރުކުރިން 2015 ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު މުލީއާގެ ކައިރިން ގޮއްވާލުމަށް ތައްޔާރުކޮށް އެއްގަމުގައި ދުއްވާ އުޅަނދެއްގައި ބާއްވާފައި އޮތް ބޮމެއް ފެނި އެބޮން ރައްކާތެރިކަމާއެކު ނައްތާލިކަމަށް ސިފައިން އޭރު ބުންޏެ އެވެ.
ހަމަ އެ ދުވަހު މާލޭގެ ދެ ތަނެއްގައި ބޮމެއްކަމަށް ސިފަވާ ގޮތަށް ތައްޔާރުކޮށްފައިވާ ދެ އެއްޗެއް 2015ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު ފެނުނުކަމަށް ބުނެ ވަނީ ބިރުވެރިކަން އުފައްދާފަ އެވެ. ސިފައިން އޭރު ބުނީ އެއީ ބަޔަކު ބާއްވާފައި އޮތް އެއްޗެއްކަމަށެެވެ. އެ ހާދިސާތައް ހިނގާފައިވަނީ ރައީސް ޔާމީނާއި ނައިބު ރައީސް އަދީބު އާ ދެމެދު ނުތަނަވަސްކަން ހިނގައިފައިވަނިކޮށެވެ.
މިފަދަ އަމަލުތައް ފުލުހުން ބަލަނީ ޓެރަރިޒަމް އަމަލުތަކެއްގެ ގޮތުގައެވެ. އަދި އެފަދަ އަމަލެއް ހިންގާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނު ބުނާ ގޮތުން ކުށެކެވެ.