ސަރަހައްދީ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ބެންގަލޫރު، ބާކީ އެއް މެޗު އޮއްވާ ކެޓީ ފުރަތަމަ މެޗުން ބަލިވެ ދެވަނަ މެޗުން އެއްވަރުވިއިރު ގްރޫޕުގެ އެހެން މެޗުތަކުގެ ނަތީޖާތައް ނުކުމެފައިވާ ގޮތުން އަދި ބާކީ ހުރި މެޗުތައް ހުރި ގޮތުންނެވެ. ބެންގަލޫރަށް ދެން ބާކީ އޮތީ މާޒިޔާއާ ދެކޮޅަށް އޮތް މެޗެވެ. ދެ މެޗުން މިހާތަނަށް އެންމެ ޕޮއިންޓެއް ބެންގަލޫރަށް ލިބިފައިވާއިރު ފަހު މެޗުން އެ ޓީމުން ކޮންމެ ނަތީޖާއެއް ނެރުނަސް ގްރޫޕުގެ އެއްވަނަ އެއް ދެން ނުލިބޭނެއެވެ. ގްރޫޕުން ކޮލިފައިވާނީ އެންމެ ޓީމެކެވެ.
ބަޝަންދުރާއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެ ޓީމުގެ ފަހު މެޗުގައި ކުޅޭނީ މޯހަން ބަގާންއާ ދެކޮޅަށެވެ. މޯހަން ބަގާން ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މާޒިޔާއަށްވެސް މޯހަން ބަގާން އަދި ބެންގަލޫރުގެ މައްޗަށް ކުރި ހޯދުނު ނަމަވެސް ބަޝަންދުރާއާ މޯހަން ބަގާންގެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ކެޓުމުގެ ފުރުސަތު އެބައޮތެވެ.
ހޮނިހިރު ދުވަހުގެ ރޭ މޯހަން ބަގާން އަތުން މޮޅުވުން ނޫން އެހެން ކޮންމެ ނަތީޖާއެއް ނުކުތަސް މާޒިޔާވެސް ކަޓާނެއެވެ.