ads
ތާހިރާ އާއި ފިރިމީހާ އަޔޫޝްމަން…
ތާހިރާ ގެނެސްދެނީ "ޝަރުމާޖީ ކީ ބޭޓީ"!
ދެހާސް އަށާރަ ވަނަ އަހަރު ފިލްމީ ތަރި އަޔޫޝްމަން ކްރާނާގެ އަންހެނުން ތާހިރާ ކޭޝަޕް ފީޗާ ފިލްމެއް ހަދަން އުޅޭ ކަމުގެ ހަބަރުތައް ފެތުރުނު ނަމަވެސް އެވާހަކަ ތަކުގައި ކުލަ ނުޖެހި އޮތުމަށް ފަހު އެންމެ ފަހުން ތާހިރާ އެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މީގެ ކުރިން ކުރު ފިލްމުތަކެއް ވެސް ގެނެސްދީފައިވާ ތާހިރާގެ އަލަތު ފިލްމަކީ "ޝަރުމާޖީ ކީ ބޭޓީ" އެވެ. 

ކުރިން ފީޗާ ފިލްމެއް ގެނެސްދެން ނިންމި ނަމަވެސް އޭނާ އަށް ކުރިމަތިވި އުރަމަތީގެ ކެންސަރުގެ ސަބަބުން ފިލްމު މަޑުޖައްސާލަން ޖެހުނެވެ. އެހެން ނަމަވެސް އޭނާ މިވަނީ ބަލިން ރަނގަޅުވުމުގެ ސަބަބުން މިހާރުވަނީ އަލުން މަސައްކަތް ފަށާފައެވެ.

"ޝަރުމާޖީ ކީ ބޭޓީ" އަކީ އަންހެނުން ތަކެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މިހާރު ފިލްމުގެ ޝޫޓިން ފަަށައިގެން ކުރިޔަށްދާއިރު އެ ފިލްމުން ވަރުގަދަ ކާސްޓެއް ވެސް ފެނިގެންދާނެ އެވެ.

ކާސްޓުންގެ ތެރޭގައި ހިމެނެނީ ސާކްޝީ ތަންވަރް ގެ އިތުރުން ވިދްޔާ ދައްތާ އަދި ސައްޔަަމީ ކޭރަަ ފަދަ ތަރިން ހިމެނެއެވެ.

ފިމްލުމުގެ މަސައްކަތް އަލުން ފަށަައިގެން ޝޫޓިން ބާރަށް ކުރިއަށްދާ އެ ފިލްމާ ބެހޭގޮތުން ތާހިރާ ބުނެފައިވަނީ އެއީ އޭނާގެ ހަޔާތުގައި ދިމާވި ބައެއް މީހުންގެ ވާހަކަތައް އަސްލަކަށް ބަލައިގެން ހަދާ ވަރަށް ބޮޑު ފިލްމެއް ކަމަށެވެ.

އަޔޫޝްމަން ވެސް ޕްރޮމޯޓް ކުރަމުން އަންނަ އެ ފިލްމުގެ މަސައްކަތްތައް ނިމި ބެލުންތެރިންނާއި ހަމައަށް އަންނާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް