ads
ހުޅުމާލެ——
މުނިސިޕަލް ހިދުމަތް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރަން އެދި ޕެޓިޝަނެއް ހުށަހަޅައިފި
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދިނުން ސިޓީ ކައުންސިލުން ދޭ ހިދުމަތެއްގެ ގޮތުގައި ބަދަލުކުރުމަށް އެދި ރައްޔިތުންގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
Advertisement

ޕެޓިޝަން ހަވާލުކުރުމަށް ފުރުސަތު ހޯދުމަށް ވާހަކަ ދައްވަމުން ހުޅުމާލޭ ރައްޔިތަކު ބުނި މި ބައްދަލުވުމުގައި ހުށަހެޅުމަށް ޕެޓިޝަން ތައްޔާރުކުރީ މިކަންކަން ބަދަލުކުރުމަށް ރައްޔިތުން އެދޭތީކަމަށެވެ. މިކަމުގެ ޝައުގުވެރިކަން ހުރި މިންވަރު ހާމަކުރައްވައި އޭނާ ވިދާޅުވީ މިކަމުގެ ފުރުސަތު ހުޅުވާލައި 10 ގަޑިއިރުތެރޭ 1800 މީހުން ސޮއިކޮށްފައިވާކަމަށެވެ.

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެތެރެއިން ހުޅުމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅި މި ޕެޓިޝަނާ ޙަވާލުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމައު މުޢިއްޒުއެވެ. 

ރޭގެ ބައްދަލުވުމުގައި ގިނަބަޔަކު ވަނީ ޝުއޫރުތައް ފާޅުކޮށްފައެވެ. މިބައްދަލުވުމުގައި ގިނަ ބަޔަކުވަނީ އެޗްޑީސީއަށް ފާދު ކިޔާފައެވެ. އެގޮތުން ފޯނަށް ޖަވާބުދާރީ ނުވުމާއި، ބައެއް މީހުންނަށް ތަކުލީފްތައް ދިމާވާ ގޮތަށް އެޗްޑީސީން ކަންކަން ކުރަމުން ގެންދާ ކަމަށް ހިޔާލު ފާޅުކޮށްފައިވެއެވެ.

ގިނަ ފަރާތްތަކުން ފާހަގަކުރީ އެޗް.ޑީސީގެ ދަށުން މުނިސިޕަލް ހިދުމަތް ވަކިކޮށް ސިޓީ ކައުންސިލަށް ހަވާލުކުރަންޖެހޭކަމަށެވެ. އެގޮތުން ބައެއް ރައްޔިތުންނަށް ފެންނަ ގޮތުގައި މިހިނދުން މިހިނދަށް މި ހިދުމަތް ބަދަލުވާންޖެހޭނެއެވެ.

މިހާރު އޮތް ގޮތުން ދިވެހި ރައްޔިތުންނަށް ނެތް ފުރުސަތުތަށް ބިދޭސީންނަށް ހުޅުމާލޭގައި ލިބިގެންދާކަން ރައްޔިތުން ފާހަގަކުރިއެވެ. އަދި ޢާއްމު ދިރިއުޅުމުގައި އާމްދަނީ އިތުރުކޮށްލަން ކުރަންޖެހޭ ހެދިކާ ވިއްކުން ފަދަ ބައެއް މަސައްކަތްތަކާ އަދި ގަސްއިންދުންފަދަ ބައެއް މަސައްކަތްތައް ކުރުމުން އެޗް.ޑީ،ސީގެ ފަރާތުން އެކަން މަނާކުރާކަމާ، ބިދޭސީން ގަވައިދާ ޚިލާފަށް ކޮންމެ ވިޔަފާރިއެއްކުރިނަމަވެސް އެކަން މަނާކުރަމުން ނުދާކަމަށްވެސް ބައްދަލުވުމުގައި ބައިވެރިވި ބައެއްމީހުން ބުނެފައިވއެވެ. އެހެންކަމުން ކައުންސިލެއްގެ ދަށަށް ގޮސްގެން ނޫނީ ރައްޔިތުންނަށް ރނގަޅުގޮތްތައް ނެތްކަން ފާހަގަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް