ads
ލެފްޓިނެންޓް ކާނަލް ރިޓަޔާޑް އިބްރާހީމް ލަތީފް
ޓެރަރިޒަމާއި، އެކްސްޓްރީމިޒަމް ރާއްޖޭގައި ހުއްޓުވޭނެ: އިބްރާހީމް ލަތީފް
ރާއްޖޭގައި ޓެރަރިޒަމާއި އެކްސްޓްރީމިޒަމް ކަންބޮޑުވާ ހިސާބަށް ގޮސްފައި ވާކަމަށާއި އެހެންނަމަވެސް ރާއްޖެ އަދި ކޮންޓްރޯލުން ނެޓިގެންދާ ހިސާބަކަށް ނުދާކަމަށް ކުރީގެ ސީނިއާ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަ އަދި މިހާރު ވެސްޓަން އޮސްޓްރޭލިއާގެ ސްޓްރެޓެޖިކް އެޑްވައިޒަ ލެފްޓިނެންޓް ކާނަލް ރިޓަޔާޑް އިބްރާހީމް ލަތީފް ވިދާޅުވެއްޖެއެވެ.

ރޭ ކްލަބް ހައުސްގެ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އޭނާ މިސާލު ނެންގެވީ އޮސްޓްރޭލިޔާއިންނެވެ. އިބްރާހީމް ލަތީފް ވިދާޅުވީ އޮސްޓްރޭލިޔާ އަކީ އެތައްދީނެއް، އެތައް ނަސްލެއް އަދި އެތައް ސަގާފަތެއްގެ މީހުން އުޅެމުން އަންނަ ގައުމެއް ކަމަށެވެ. އެހެންކަމުން ތަފާތު ހިޔާލުގެ މީހުން ގިނަ ކަމަށާއި، އެކަމަކުވެސް އެގައުމުގައި ވެސް އަމާން ވެއްޓެއް ގާއިމް ވެފައިވާ ކަމަށެވެ.

ރޭ ކްލަބް ހައުސްގެ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އޭނާ މިސާލު ނެންގެވީ އޮސްޓްރޭލިޔާއިންނެވެ. އިބްރާހީމް ލަތީފް ވިދާޅުވީ އޮސްޓްރޭލިޔާ އަކީ އެތައްދީނެއް، އެތައް ނަސްލެއް އަދި އެތައް ސަގާފަތެއްގެ މީހުން އުޅެމުން އަންނަ ގައުމެއް ކަމަށެވެ. އެހެންކަމުން ތަފާތު ހިޔާލުގެ މީހުން ގިނަ ކަމަށާއި، އެކަމަކުވެސް އެގައުމުގައިވެސް އަމާން ވެއްޓެއް ގާއިމް ވެފައިވާ ކަމަށެވެ. 

ލަތީފް ފާހަގަ ކުރެއްވީ ރާއްޖެއަކީ އެއްދީނެއް، އެއްސަގާފަތެއް އަދި އެއް ނަސްލެއްގެ ބަޔަކު އުޅެމުންދާ ގައުމެއް ކަމަށާއި، އެއީ މިރާއްޖެއަށް ލިބިފައިވާ ނަސީބެއްގެ ގޮތުގައެވެ. އޮސްޓްރޭލިޔާ އާއި ރާއްޖެ އާ ދެމެދު ހުރި ފަރަގު ފާހަގަ ކުރައްވަމުން ލަތީފް ވިދާޅުވީ ރާއްޖޭގައި ރަނގަޅު ސިސްޓަމެއް ސެޓްކުރެވިއްޖެނަމަ، ކަންބޮޑުވުން އޮތް އެކްސްޓްރީމިޒަމާއި، ޓެރަރިޒަމްގެ ކަންކަން ކޮންޓްރޯލު ކުރެވޭނެ ކަމަށެވެ. 

ރާއްޖޭގެ ކުށުގެ ވެށީގައި ހިނގާ ކަންކަން ބެއްލެވުމަށް އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ފުލުހުންގެ އިދާރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އިބްރާހީމް ލަތީފް ވިދާޅުވީ ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ޓެރަރިޒަމް ގެ އަމަލަކީ ނޮވެމްބަރު 3، 1988 ގައި ހިންގި އުދުވާނީ ހަމަލާކަމަށެވެ. އަދި އެ ހަމަލާއަށް ފަހު ސަރުކާރުން އެފަދަ ކަންކަމާ ދެކޮޅަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން ސިފައިންގެތެރެއިން ގިނަ ބަޔަކު މިފަދަކަންކަމާ ދެކޮޅަށް ހަރަކާތްތެރިވުމަށް، އެކި ގައުމުތަކަށް ފޮނުވައިގެން ތަމްރީން ކުރެވުނު ކަމަށެވެ. 

އެހެންނަމަވެސް ސިޔާސީ ކަންކަމާ ގުޅިގެން އެފަދަފަރާތްތައް ވަނީ އެކަހެރިކޮށްފައި ކަމަށާއި ނުވަތަ އެކަހެރިވާން ޖެހިފައިކަމަށެވެ. އިބްރާހީމް ލަތީފް ވިދާޅުވީ މިހެންވުމުގެ ސަބަބުން މިހާރު މިދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު ހުސްކަމެއް ކުރިމަތިވެގެން އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ އިދާރާ ތަކަކީ ވަރަށް ބޮޑަށް ތަޖްރިބާ ހުރި މީހުން ބޭނުންވާ ތަންތަން ކަމަށާއި ދިވެހި ފުލުހުންގެ ތެރޭގައިވެސް އެފަދަ ފަރާތްތައް ނެތުމުގެ ސަބަބުން ލީޑަޝިޕްގައިވެސް، އަދި އެހެނިހެން ގޮތްގޮތުންވެސް ވަރަށް ބޮޑެތި މައްސަލަތައް އެބަހުރިކަމަށެވެ. 

ރޭ ކްލަބްހައުސްގައި ކުރިއަށްގެންދިޔަ ފޯރަމްގައި ވާހަކަދެކެވުނީ ގައުމީ ސަލާމަތާއި، ދާހިލީ ސިޔާސަތާ ބެހޭ ގޮތުންނެވެ. މިފޯރަމްގައި ކުރީގެ ބަންޑާރަނައިބް އާޒިމާ ޝުކޫރާއި، ދިފާއީ ބާރުގައި އެންމެ އިސްކޮށް މަސައްކަތް ކުރެވި ބައެއްބޭފުޅުން ވާހަކަ ދައްކަވާފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް