ads
ތާލިބާން ހަނގުރާމަވެރިން އަފްގާނިސްތާންގެ ހެރަޓްގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ބީބީސީ
އަފްގާނިސްތާނުގައި ފޭސްބުކް ފްރެންޑްލިސްޓް ނުފެންނާނެ
އަފްގާނިސްތާން ތެރޭގައި އެއްވެސް މީހަކަށް އެމީހެއްގެ ފްރެންޑް ލިސްޓެއް ނުފެންނާނެ ގޮތް ފޭސް ބުކްއިން ހަދައިފިއެވެ.

މިކަންކުރީ، އަފްގާނިސްތާނުގައި ފޭސްބުކް ބޭނުންކުރާ ފަރާތްތައް ހިމާޔަތްކުރުމަށް އެޅިފިޔަވަޅުތަކެއްގެ ގޮތުގައެވެ. އަދި ފޭސްބުކް ބޭނުންކުރާ މީހުން، އެ ވަސީލަތް ބޭނުންކޮށްގެން ހޯދަން މަސައްކަތް ކޮށްފާނެތީއެވެ.

ރައްކާތެރިކަމުގެ މިފިޔަވަޅުތައް އެޅީ އަފްގާނިސްތާނުގައި ތާލިބާނުންގެ އަތްގަދަކުރުމާއެކު، ފޭސްބުކް ބޭނުންކުރާ ފަރާތްތަކުން ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޕްރޮފެޝަނަލް ނެޓްވޯކިން ސައިޓެއް ކަމަށްވާ ލިންކްޑްއިން، އިންވެސް ވަނީ ފޯނުތަކަށް އެގައުމުގައި ތިބި މީހުންގެ އެއްވެސް ގުޅުމެއް ނުލިބޭ ގޮތް ހަދާފައެވެ.

ސޯޝަލް މީޑިއާ ބޭނުންކޮށްގެން ތާލިބާނުން އަފްގާނިސްތާނު ގެ ވަކިވަކި މީހުން ހޯދުމަށް މަސައްކަތް ކުރާ ކަމުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

ފޭސްބުކްއަށް މިގެނައި ބަދަލުތައް އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެކުންފުނީގެ ހެޑް އޮފް ސެކިއުރިޓީ ޕޮލިސީ ނަތާނިއަލް ގްލެއިޗާ އެވެ.

އޭނާ ބުނީ ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމް މެދުވެރިކޮށް ފޭސްބުކްގެ ރައްކާތެރިކަން ހޯދާނެ ގޮތުގެ މައުލޫމާތު ޕޮޕްއަޕް ކުރަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް