ads
ޝިދާތާ ޝަރީފް
ޝިދާތާ އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި
ކުރީގެ ޖެންޑަ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިސްވެރިޔާ ޝިދާތާ ޝަރީފް އެ ޕާޓީން ވަކިވެޑައިގެންފި އެވެ.
Advertisement

ޝިދާތާ ވަނީ މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފައިވާކަން "ސީއެންއެމް"އަށް ކަށަވަރުކޮށްދެއްވާފައެވެ. ޕާޓީން ވަކިވެވަޑައިގެންނެވުމާއި ގުޅޭ ސްޓޭޓްމެންޓެއް މާދަމާ ނެރުއްވާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ޝިދާތާ ވަކިވެވަޑައިގެންފައިވާއިރު، އެ ޕާޓީން އާ އެކްޝަން ޕްލޭނެއް އެކުލަވާލަން ނިންމާ އެކަމަށް ނެގި ހާއްސަ ކޮމެޓީގައި އެކަމަނާ ވަނީ ހިމަަނުއްވާފައެވެ.

ޝިދާތާ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެންޑާ މިނިސްޓްރީގެ ނައިބުކަން ކުރެއްވާފައެވެ. ނަމަވެސް ސަރުކާރާ އަދާލާތު ޕާޓީއާ ދެބަސްވުން އުފެދި، ސަރުކާރު ދާ މިސްރާބާ މެދު ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވެ، އެކަމަނާ 2015ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. 

އެފަހުން 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ގެނެއުމަށްޓަކައި އަދާލަތު ޕާޓީއާއިއެކު އެމްޑީޕީން ކޯލިޝަން ހެދައިގެން މަސައްކަތްކުރި އިރު ގިނަ މަސައްކަތްތަކެއް ޕާޓީގެ އިސްސަފުގައި ހުންނަވައިގެން ޝިދާތާ ކުރައްވާފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން އެފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާ ކޯލިޝަން ސަރުކާރަކުން އެމްޑީޕީ ވެރިކަމަށް އައުމަށްފަހު މަގާމުތަށް ކޯލިޝަނަށް ބަހާލިއިރު ޖެންޑަ މިނިސްޓްރީގެ މަގާމު އެކަމަނާއަށް ލިބިވަޑައިގަތެވެ.

ނަމަވެސް މިނިސްޓްރަކަމުގެ މަގާމުގެ ފުރަަތަމަ ކޮޅު ފެންމަތިވި ޖިންސީ ކުށުގެ އެތަށް މައްސަލަތަކަކަށްފަހު ޖެންޑާއިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ، އިސްތިއުފާއަށް ގޮވާ އާއްމުން މުޒާހަރާތައް ފެށި ދަނޑިވަޅެއްގައި، އެމްޑީޕީގެ ޕީޖީ ގުރޫޕުން އެކި ތުހުމަތުތައް ކުރައްވާ އެކަމަނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނެ ކަމުގެ އިންޒާރު ދޭން ފެށުމުން މިދިޔަ އަހަރުގެ ފެބްރުއަރީ ހަޔެއްގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. 

އެޔަށްފަހު އެކަމަނާ ސިޔާސީ މަސައްކަތްތަކާއި ވަރަށް ބޮޑަށް ދުރުގައި ހުންނެވުމަށްފަހު މިއަދު އަދާލަތު ޕާޓީން އިސްތިއުފާ ދެއްވިއިރު އިތުރު ޕާޓީއަކާއި ގުޅުމުގެ ޝައުގުވެރިކަން ގެންގުޅުއްވާކަމެއް އަދި މިހާތަަނަށް ހާމަކުރައްވާފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް