
ބައްދަލުވުމުގައި ސުޖާއު ވާހަކަ ދައްކަނީ
މަސްދަޅު ކޭހާ ގުޅިގެން އެމްޑީޕީން ކިޔާ ފާޑުކިޔުންތަކަށް ޝުޖާއުގެ ރައްދު
ގުފްތަގް އަޖީރު
22 ފެބްރުއަރީ 2025 - 12:25:30
ރޯދަ މަހަށް ސަރުކާރުން ބަހަމުންދާ މަސްދަޅު ކޭސްތައް ލިބިގަތުމަށް ރައްޔިތުން ދިގު ކިއުތަކުގައި ތިބެންޖެހޭތީ އެމްޑީޕީން ކުރަމުންދާ ފާޑުކިޔުންތަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، މިހާރު ސަރުކާރުން މަސްދަޅު ބެހުމަކީ އެމްޑީޕީން ކޮވިޑު ދުވަސްވަރު ރިސޯޓުތަކުގައި ރައްޔިތުން ކަރަންޓީނު ކުރިގޮތަށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެ ދުވަސްވަރު ރިސޯޓުތަކުގައި ރައްޔިތުން ބަންދުކޮށްފައި ބޭތިއްބީ އޭގެ ފަހަތުގައި ކޮން ކަމެއް ކުރަން ކަން މިހާރު ދައުލަތުގެ މާލީ ހިސާބުތަކުން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، އެ"މްޑީޕީ ސަރުކާރުގައި ކޮވިޑު ދުވަސްވަރު ނެގި ލޯނުތަކުން ރާއްޖެ އަދިވެސް މި އުޅެނީ އަރައިނުގަނެވިގެން. ނަަމަވެސް މިހާރުގެ ސަރުކާރުން މި ދަނީ ފަހަރަކު ލޯނަކުން އަދާކުރަމުން. އެއީ ވެސް ފައިސާ ޗާޕު ނުކޮށް،" ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭ ކޮންމެ ކަމެއް ސަރުކާރުން ކުރަން އުޅޭއިރަށް އިދިކޮޅު ފަރާތްތަކުގެ ލޮލަށް ނިދި ނައިސްގެން އުޅޭ ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ރޯދަމަށް ދިމާކޮށް ކޮންމެ ގޭ ބިސީއަކަށް މަސްދަޅުކޭހެއް ސަރުކާރުން އަންނީ ބަހަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް