ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް
ރާއްޖޭގެ މަސްވެރިކަން ހަރުދަނާކުރުމަށް ބޭ އޮފް ބެންގޯލް ޕްރޮގްރާމުން އެހީތެރިކަން
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ބޭ އޮފް ބެންގޯލް ޕްރޮގްރާމުން ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަ-ގަވަރމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) ގެ 13 ވަނަ ގަވަނިން ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދާއި ސަގާފަތުގެ މައިގަނޑު އެއްބައި ކަމުގައިވާ ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގައި މި ޕްރޮގްރާމުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށެވެ.

ބީއޯބީޕީ-އައިޖީއޯ އިން ރާއްޖޭގެ މަސްވެރިކަމަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރޭގައި މަސްވެރިކަން މެނޭޖްކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކާއި، މަސްވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ހުނަރު ދަސްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، މޮނިޓަރިންގ އަދި ސްޓޮކް އެސެސްމަންޓް ޓެކްނިކްތައް ދަސްކޮށްދިނުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެއެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަސްވެރިކަން މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، މަސްވެރި އުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް