ads
ފްލައިޓް ތެރެއަށް ވިހެއި އަފްގާން އަންހެނާ އިތުރު ފަރުވާއަށް މެޑިކަލް ފެސިލިޓީއަކަށް ގެންދަނީ-
އަފްގާނިސްތާން އަންހެނެއް އެމެރިކާ ފްލައިޓަކަށް ވިހައިފި
ތާލިބާނުން ކޮންޓްރޯލް ކުރާ އަފްގާނިސްތާނުން ސަލާމަތްވާން އެމެރިކާގެ ފްލައިޓެއްގައި ޖަރުމަނަށް ދަތުރުކުރި އަންހެނެއް ފްލައިޓަށް ވިހައިފި އެވެ.
Advertisement

އަފްގާނިސްތާން ދޫކޮށްދާން ބޭނުންވާ މީހުން އެގައުމުން ބޭރުކުރުމުގެ މަސައްކަތް އެމެރިކާ އާ ހުޅަނގުގެ ގައުމުތަކުން ކުރަމުން އަންނައިރު ފަހު ތާރީހެއްގައި ނުފެންނަހާ ހިތާމަވެރި އަސަރުގަދަ އެތައް މަންޒަރުތަކެއް ފެނިގެން ދިޔައެވެ. 

އާދިއްތަ ދުވަހު އެމެރިކާ ވައިގެ އަސްކަރިއްޔާއިން ބުނީ އަފްގާނިސްތާން އަންހެނެއް ޖަރުމަނުގެ ރެމްސްޓެއިން އެއާބޭސްއަށް ގެންދެވުނު މަގުމަތީ ކުއްޖާ ވިހަން ފަށާފަވާ ކަމަށެވެ.

ފްލައިޓް ޖަރުމަނަށް ޖެއްސުމާއެކީ ސިއްހީ އެހީތެރިން ފްލައިޓަށް އެރިކަމާށާއި އޭގެ މާގިނައިރުތަކެއް ނުވަނީސް އެ އަންހެން މީހާ ވިހާފައިވާކަމަށް އެމެރިކާގެ ވައިގެ އަސްކަރިއްޔާއިން ބުނެއެވެ.

ވިހެއި ކުއްޖާ އަދި މަންމަގެ ހާލުވެސް ރަނގަޅެވެ. އިތުރަށް ބަލަންޖެހޭ ކަންތައް ބެލުމަށް އެންމެ ކާއިރީގައި ހުރި މެޑިކަލް ފެސިލިޓީއަށް ގެންދެވުުނެވެ.

އޭގެއިތުރުން އެމެރިކާ އަސްކަރިއްޔާ އިން ބުނީ އެ އަންހެން މީހާ ވިހަން އުޅޭކަން އިނގުނު ހިސާބުން ޕައިލެޓްވަނީ ފްލައިޓް ވައިގެތެރެއިން ތިރިކޮށްފައެވެ. އޭގެ ސަބަބުން ފްލައިޓްގެ އެއާ ޕްރެޝާ އިތުރުވެ އެ އަންހެން މީހާގެ ފުރާނަ ސަލާމަތްކުރެވުނު ކަމަށެވެ.

އޮގަސްޓް މަހުގެ 15 ވަނަ ދުވަހު މާ ބޮޑު ކުރިމަތިލުމާކާ ނުލައި އަފްގާނިސްތާންގެ ވެރިރަށް ކަބުލް ތާލިބާނުންގެ އަތްދަށަށް ދިޔުމުން އެގައުމުގެ ގިނަ ރައްޔިތުން ވަނީ ކަބުލް އެއާޕޯޓަށް ޖަމާވެފައެވެ. 

ބައެއް މީހުން އެއާޕޯޓް ރަންވޭއަށް އަރާފައިވާއިރު ބައެއް މީހުން ވަނީ އެމެރިކާގެ އަސްކަރިއްޔާގެ C-17 މަރުކާގެ މަތިންދާ ބޯޓެއް ނައްޓާލި ވަގުތު އޭގައި އެލިގެންފައެވެ. ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި މަތިންދާ ބޯޓު ނައްޓާލި ވަގުތު ހިފަހައްޓައިގެން ތިބިތަނުން ބައެއް މީހުން ވަނީ ބޯޓު ނަައްޓާލިތަނާ ކުޑައިރުކޮޅެއް ނުވަނީސް ވެއްޓިފައެވެ.  

އަފްގާން ރައްޔިތުން އަންނަނީ އަފްގާން ސަރުކާރު އަދި އެމެރިކާއިން އެމީހުންނަށް ގައްދާރުވި ކަމަށް ބުނެ ނުރުހުން ފާޅުކުރަންމުންނެވެ. 

މިހާރު އަފްގާނިސްތާން ކޮންޓްރޯލް ކުރާ ތާލިބާނުން ބުނަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށާއި އެމެރިކާ އަދި އަފްގާން ސަރުކާރާއެކު މަސައްކަތްކުރި މީހުންނަށް މާފުދޭނެ ކަމަށެވެ. 

އެހެން ގައުމުތަކާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާތްތަކަށް އަފްގާނިސްތާނުން ޖާގަ ނުދޭނެ ކަމަށްވެސް ތާލިބާނުން ދަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް