ads
ކަރީނާ އޭނާގެ ދަރިފުޅު ޖެހެންގިރު އުރާލައިގެން
ރާއްޖޭގައި ޗުއްޓީ ނިންމާލާފައި ކަރީނާ އެނބުރި ގައުމަށް
މިމަހު 13 ވަނަ ދުވަހު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ކަރީނާ އާ އާއިލާ ޗުއްޓީ ނިންމާލާފަ އެނބުރި ގައުމަށް ހިނގައްޖެ އެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑުކަމަށްވާ ކަރީނާ އާ ސައިފް ރާއްޖެ އައިސްފައިވަނީ ސައިފްގެ 51 ވަނަ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކޮށްލުމަށެވެ. 

އިންޑިއާގެ ސެލެބްރިޓީ ފޮޓޯގްރާފަރެއް ކަމަށްވާ ވައިރަލް ބަޔާނީ ވަނީ ތައިމުރް، ޖެހެންގިރް، ސައިފް އަދި ކަރީނާ އިންޑިއާގެ އެއާޕޯޓަކުން ނިކުންނަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާންމުކޮށްފައެވެ.

މީގެ ކުރިން ކަރީނާ އާއިލާ މީހާކު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެމީހުން ރާއްޖެ އައީ ސައިފްގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ކަރީނާ ޕްލޭންކުރި ރޮމޭންޓިކް ވެކޭޝަނަކަށް ކަމަށެވެ. 

ފިލްމީ މަސައްކަތްތަކުގައި ބުރަކޮށް އުޅުމަށް ފަހު ސައިފްވެސް މިއީ މިފަހުން ޗުއްޓީއެެއް ނަގާ ފުރަތަމަ ފަހަރު ކަމަށާއި، ވިހެއުމަށް ފަހު ދަރިފުޅު ޖެހް އާ އެކުވެސް ކުރާ ފުރަތަމަ ވެކޭޝަން ދަތުރުކަމަށް ވުމުން ކަރީނާ ބޭނުންވީ ހަމައެކަނި ދެ ދަރިންނާއި އެދެމަފިރިން މި ވެކޭޝަންގައި ދިއުމަށް ކަމަށް އާއިލާއިން ބުނެފައިވެއެވެ.  

ކަރީނާ އާ ސައިފް އާއެކު އެމީހުންގެ ދެ ދަރިން ކަމަށްވާ ޖެހެންގިރް އަލީ ހާން އާއި ތައިމުރް އަލީ ހާން ވެސް ބައިވެރިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް