ދެ ޕްރޮޑިއުސަރަކު ވެގެން ހަދާފައިވާ އެ ފިލްމަކީ "ކިޔާ މޭރީ ސޯނަމް ގުޕްތާ ބޭވަފާ ހޭ" އެވެ.
ފިލްމުގެ ހުރިހާ މަންޒަރެއް ނަގައި ނިމި ޕޯސްޓު ޕްރޮޑަކްޝަންގެ މަރުހަލާގައި އޮތް އެ ފިލްމުގެ ލޯޑު ރޯލުން ފެންނާނީ "ޕަންގާ" އިން ވިދާލި ބަތަލު ޖައްސީ ގިލް އާއި "ގުބޫލް ހޭ" ފަދަ ސިލްސިލާތަކުން ހުނަރު ދައްކަައިލި ބަތަލާ ސުރުބީ ޖޯތީ އެވެ.
ހަބަރުތައް ބުނާ ގޮތުގައި "ކިޔާ މޭރީ ސޯނަމް ގުޕްތާ ބޭވަފާ ހޭ" ގެ މުހިއްމު ރޯލުތަކުން ބިޖެންދުރަ ކާލާ އަދި އަތުލް ޝްރިވަސްތާވް ގެ އިތުރުން ވިޖޭ ރާޒް ފެނިގެންދާނެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ފިލްމު ރިލީޒްކުރަން ނިންމާފައިވީ ނަމަވެސް ސީދާ ތާރީހް އަދި ކަނޑައަޅާފައެއް ނުވެއެވެ.