ads
ބ.އޭދަފުށި---
އޭދަފުށި މޮނިޓަރިން އުވާލައި، އާއްމު ހާލަތަށް
ބ. އޭދަފުށީގައި ކޮވިޑް19އާ ގުޅިގެން އިއުލާނުކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލައި އެ ރަށް އާއްމު ހާލަތަށް ގެނެސްފި އެވެ.

އޭދަފުށީގައި މޮނިޓަރިންގެ ހާލަތު އިއުލާން ކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެއީ އެރަށުން ބައްޔަށް ޕޮޒިޓިވް ބަޔަކު ފެނުމާއި ގުޅިގެން ބަލި ފެތުރު ކޮންޓްރޯލު ކުރުމުގެ ގޮތުންނެވެ. 

ނިޓަރިންގ ހާލަތު އުވާލިކަން އެންގުމުގެ ގޮތުން އެޗްޕީއޭއިން އާއްމު ކޮށްފައިވާ އެންގުމެއްގައި ބުނީ ކޮވިޑް -19 އިން ރައްކާތެރި ވުމުގެ ގޮތުން ގާނޫނު ނަންބަަރު 2012/7 ގެ 1ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން ، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓާނެ ސަބަބެއް މި ވަގުތު ނެތް ކަމުން އެހާލަތު އުވާލީ ކަމަށެވެ.

އެހެންކަމުން މޮނީޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުން އައީކަމަށް ވެސް އެ އެންގުމުގައި ބުނެފައިވެ އެވެ.

އޭދަފުށީގެ ކޮވިޑް ކޭސްތަކުގެ އަދަދު 19އަށް އަރާފައިވާއިރު އިއްޔެވެސް ވަނީ އެކަކު ޕޮޒިޓިވްވެފައެވެ. މި އެންމެންނަކީ ވެސް އާ ކޭސްތަކާ ގުޅިގެން ޕޮޒިޓިވްވި މީހުންނެވެ.

މި ބަލީގަިއ އޭދަފުށިން 3 މީހަކު ވަނީ މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް