ads
އެކުވެރި އެމްޑަބްލިޔުއެސްސީގެ ރޯޑް ޝޯ ކުރިއަށް ދަނީ… ފޮޓޯ/ސޯޝަލް މީޑިއާ
އެކުވެރި އެމްޑަބްލިޔުއެސްސީގެ ނަމުގައި ރޯޑް ޝޯއެއް، ތަރުހީބު ވަރަށް ބޮޑު!
މާލޭ ވޯޓަ އެންޑް ސްވަރެޖް ކޮންޕެނީ އިން "އެކުވެރި އެމްޑަބްލިޔުއެސްސީ" ގެ ނަމުގައި ރޯޑް ޝޯއެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
Advertisement

ކުންފުނިން ދޭ ހިދުމަތްތައް ކަސްޓަމަރުންނަށް ކިޔައިދިނުމުގެ އިތުރުން ކަސްޓަމަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެހީތެރިވެދިނުމަށް ކުރިއަށްގެންދާ އެ ރޯޑް ޝޯ ފަށާފައި ވަނީ މިއަދު ހެނދުނު ނުވައެއް ޖެހި އިރު އެވެ. މިއަދުގެ މެންދުރު ފަހު ތިނެއް ޖަހަންދެން ޝޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މާދަމާ ވެސް ހަމަ އެވަގުތުގައި ޝޯ ކުރިއަށް ދާނެ އެވެ.

ފެން ބިލްޑިންގައި މިހާރު ކުރިއަށްދާ "އެކުވެރި އެމްޑަބްލިޔުއެސްސީ" ރޯޑް ޝޯގެ ވާހަކަ ސީއެންއެމް އަށް ހިއްސާކުރަމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ރޯޑު ޝޯ ފަށައިގެން ކުރިއަށް ދާއިރު ކަސްޓަމަރުންގެ ތަރުހީބު ބޮޑު ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ޝޯގައި ބައިވެރިވެގެން ލަކީޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި ބައިސްކަލެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

“ހުންނާނީ ކުދި ކުދި އެކްޓިވިޓީސްތަކެއް. ދެން އެކްޓިވިޓީސްތަކުގައި ބައިވެރިވެލާފައި ކޫޕަން ފުރާލަަފައި ލަކީ ޑްރޯގައި ބައިވެރިވެލަންވީ. އޭރުން މާދަމާ އޮންނަ ގުރު ނެގުމުގައި ނަސީބުވެރިޔާއަށް މި ބައިސްކަލު ލިބޭނެ،"  އެ ޝޯގެ މައުލޫމާތު ހިއްސާކުރަމުން އޭނާ ވިދާޅުވިއެވެ.

your imageއެކުވެރި އެމްޑަބްލިޔުއެސްސީ ރޯޑް ޝޯގައި އިންނަ ކަޕްކޭޕް…ފޮޓޯ/ސޯޝަލް މީޑިއާ

އޭނާ ވިދާޅުވީ، އެކްޓިވިޓީސްތަކުގެ ތެރޭގައި ކަޕްކޭކް އެއްގެ ފޮޓޯ ނަގާއިފައި އެމްޑަބްލިޔުއެސްސީ ޓެގު ކުރުމަށް ފަހު އިންސްޓާގްރާމް ނުވަތަ ފޭސްބުކް ސްޓޯރީއަށް ޝެއާކުރުމާއި ކުންފުންޏާ ބެހޭގޮތުން އަދި ކުންފުނިން ދޭ ހުދުމަތްތަކާ ބެހޭ ގޮތުން ސުވާލުކުރުން ފަދަ ކުދިކުދި ކަންތައްތައް ހިމެނޭ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ރޯޑް ޝޯގައި އޮފީސްތަކުގައި އުޅޭ މީހުންގެ އިތުރުން ސްކޫލްތަކުގައި ކިޔަވަންދާ ކުދިންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވާކަން އޭނާ ފާހަގަކުރިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް