ads
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން--- ފޮޓޯ: މަޖިލިސް
ދީނީ ފުރައްސާރައާ ބެހޭ ބިލުގެ ބަހުސް ފަށައިފި
ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމުގެ ގޮތުން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ފަށައިފި އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު، ހިސާން ހުސެއިން އެވެ. މިއީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލެކެވެ. 

ހިސާން މިއަދު ހުށަހެޅުއްވި ބިލުގައި އެދިވަޑައިގެންނެވީ ގާނޫނުލް އުގޫބާތުގެ 617 މާއްދާއަށް އިތުރު ބައިތަކެއް އިތުރު ކުރުމަށެެވެ. 

މިހާރު ގާނޫނުލް އުގޫބާތުގެ 617 މާއްދާގައިވާ ގޮތުން ދީނީ ކުރުމާއި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި އަދި އެކިއެކި ލިޔުންތައް ތައްޔާރުކޮށް ބެހުމާއި، ވިއްކުމާއި، އުފެއްދުމަކީ ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. 

ބިލަށް އިތުރުކުރާ މާއްދާގައި ބުނެފައިވަނީ "މުވާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އެނޫން ވެސް ގޮތަަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުން"

މިއަދު ހުށަހެޅި ބިލުގައި ބުނެފައިވަނީ އެ މާއްދާއަށް ބަދަލުގެންނަނީ އިސްލާމް ދީނާ ދެކޮޅު އަމަލުތައް އިތުރަށް ތަފްސީލުކޮށް އެ ކުށުގެ އަމަލުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ބަޔާންކޮށް ހިމެނުމަށެވެ. 

މެބްމްބަރު ހިސާން ވަނީ މީގެ ކުރިން ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅުއްވި ބިލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. އަދި އެންމެ ފަހުން ބިލު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް