އެމްޓީސީސީން ބުނީ ހުޅުދެލި ބަންދަރު ފުންކުރުމުގެ މަސައްކަތުގެ 82 އިންސައްތަ މަސައްކަތް މިހާރު ނިމާލެވިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 49,612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި ހަމައެހެންމެ 1,645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެ އެވެ.
މިއީ ޕްލޭނިން މިނިސްޓްރީން 39.8 މިލިއަން ރުފިޔާގެ އަގަކަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރުއޫއެކެވެ.