ads
މޯހަން ބަގާން ޓީމް؛ ފޮޓޯ އޭއެފްސީ
އެއްވަނަ ހޯދައި މޯހަން ބަގާން އަނެއް ބުރަށް
އޭއެފްސީ ކަޕް ގްރޫޕް ޑީގައި، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއާ މާލޭގައި އެއްވަރުކޮށް، މުބާރާތުގެ ނޮކްއައުޓް ބުރުން އިންޑިޔާގެ މޯހަން ބަގާން ފުރުސަތު ހޯދައިފިއެވެ. މޯހަން ބަގާންއާ، ބަޝަންދުރާ ކިންގްސް މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ.

ބަޝަންދުރާއާ އެއްވަރުވެ ހޯދި ޕޮއިންޓާ އެކު މޯހަން ބަގާންއަށް ޖުމްލަ ހަތް ޕޮއިންޓް ލިބުނެވެ. އެއީ މާޒިޔާ އަތުނުންނާ ބެންގަލޫރު އަތުން މޮޅުވެގެން ހޯދި ހަ ޕޮއިންޓާ އެކުއެވެ. ބަޝަންދުރާއަށް ލިބުނީ ފަސް ޕޮއިންޓެވެ. އެއީ މާޒިޔާ އަތުން ހޯދި ތިން ޕޮއިންޓާ ބެންގަލޫރާ އެއްވަރުވެ ލިބުނު ޕޮއިންޓެވެ. 

ގްރޫޕުގެ ފަހު މެޗު އަންގާރަ ދުވަހުގެ ރޭ ކުޅޭނެއެވެ. މި މެޗަކީ ބެންގަލޫރާ މާޒިޔާގެ މެޗެވެ. ބޭކާރު މެޗެއްނަމަވެސް ގްރޫޕުގެ ފުލުގައި އޮވެ ނިންމާ ނުލުމަށް ބެންގަލޫރަށްވެސް މާޒިޔާއަށްވެސް މި މެޗު މުހިއްމެވެ. މާޒިޔާއަށް އަދި ޕޮއިންޓެއް ނުލިބޭއިރު ބެންގަލޫރަށް އެއް ޕޮއިންޓް ލިބިފައިވެއެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުގައި ކުރިން ލަނޑު ޖަހައި ކުރި ހޯދީ ބަޝަންދުރާއިންނެވެ. އެއްވަރުކޮށްލައިގެންވެސް ގްރޫޕުގެ އެއްވަނަ ލިބެން އޮތް މޯހަން ބަގާއިން ލަނޑެއް ޖެހީ ފަހު ހާފުގައެވެ. މިއަދުގެ މެޗަކީ ފޯރި ގަދަ މެޗެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް