ފެހެންދޫ ފެނަކަ ބްރާންޗުން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއަށް ބޭނުންވާ ކޭބަލްތަކާއި އަދިވެސް އެހެނިހެން ސާމާނު މިހާރު ވަނީ ރަށަށް ގެނެވިފައެވެ.
މި މަޝްރޫއުގެ ދަށުން ފެހެންދޫގައި އަލަށް މީހުން އާބާދުވާ ސަރަހަށްދަށް ކަރަންޓު ދޭން ނިންމާފައިވާއިރު މީހުން އަލަށް އާބާދުވާ ސަރަހައްދުގައި އެގާރަ ވަރަކަށް ގޯތި ހުރި ކަމަށް ފެހެންދޫ ފެނަކަ ބްރާންޗުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ފެހެންދޫގައި މުޅިން އަލަށް ހަދަމުންދާ ބަނދަރު ސަރަހައްދަށް ވެސް ކަރަންޓުގެ ހިދުމަށް ދޭން ވަނީ ނިންމާފައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ފެހެންދޫ ފެނަކަ ބްރާންޗުން މައުލޫމާތު ދެއެވެ.