ބެންގަލޫރު އަތުން ބޮޑު ތަފާތަކުން ބަލިވިއިރު، ގްރޫޕް ސްޓޭޖުގައި ކުރިން ކުޅުނު ދެ މެޗުންވަނީ ބަލިވެފައެވެ. އެއީ ބަޝަންދުރާ ކިންގްސް އަތުން ދެ ލަނޑު ސުން ލަނޑުން އަދި އޭޓީކޭ މޯހަން ބަގާން އަތުން ތިން ލަނޑު އެއް ލަނޑުންނެވެ. ބޮޑު ހޭދައެއްކޮށްގެން މުބާރާތަށް ތައްޔާރުވި މާޒިޔާ މުބާރާތް ނިންމާލީ ހުސް އަތާއެވެ. މިއީ މާޒިޔާގެ ތާރީޚުގައިވެސް އެންމެ ޕޮއިންޓެއްވެސް ނުލިބި އެ ކްލަބުން އޭއެފްސީ ކަޕް ނިންމާލި ފުރަތަމަ ފަހަރެވެ.
ކުޅުނު ތިން މެޗުންވެސް ބަލިވެ، ބައިކޮޅަށް ވަތް އެގާރަ ލަނޑާއެކު މާޒިޔާއިން އޭއެފްސީ ކަޕު ނިންމާލިއިރު އެ ކްލަބުން އަށް މިލިއަނެއްހާ ރުފިޔާ މި މުބާރާތަށް ތައްޔާރުވުމަށް ޚަރަދު ކުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހިތްދަތި ގޮތަކަށް މި އަހަރުގެ މުބާރާތް ނިންމާލަން މާޒިޔާއަށް ޖެހުނަސް އަންނަ އަހަރުގެ އޭއެފްސީ ކަޕުން އެ ކްލަބަށްވަނީ ފުރުސަތު ލިބިފައެވެ.