ads
ށ. ޅައިމަގު
ކުއްޖަކު ރަހީނުކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި
އުތުރުގެ ރަށެއްގައި ކުޑަކުއްޖަކު ރަހީނުކުރި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރު ކުރީ ހައްޔަރުކުރީ އުމުރުން 26 އަހަރުގެ ދެ ފިރިހެނަކާއި 31 އަހަރުގެ މީހެއް ކަަމަށެވެ. މި އެންމެން ވެސް ހައްޔަރު ކުރީ އުތުރުގެ ރަށަކުން ކަމަށެވެ.

ރަހީނުކޮށްފައިވަނީ 17 އަހަރުގެ ކުއްޖެކެވެ. އޭނާ ރަހީނުކޮށް އެކިވަރުގެ އަނިޔާކޮށްފައިވާކަމަށް ވެއެވެ. މިކަމާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް ވަނީ އެރަށް ގޮސްފައެވެ.

ޖެންޑާ މިނިސްޓްރީން މިކަމާއި ގުޅިގެން ބުނީ ކުއްޖާގެ ރައްކާތެރިކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ. 

މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައެއްކަމުން މައްސަލައާ ގުޅޭ އިތުރު ތަފްސީލު އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް