ހަމައެކަނި ކާރު ޕާކުކުރުމަށް ހުޅުމާލޭގައި ހާއްސަ ޕާކިން އޭރިއާއެއް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

Advertisement
ހަމައެކަނި ކާރު ޕާކުކުރުމަށް ހުޅުމާލޭގައި ހާއްސަ ޕާކިން އޭރިއާއެއް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި ޓެކްސީތަކާއި އަމިއްލަ ކާރުތަކަށް ހާއްސަ ކުރާ އެ ސަރަހައްދުގައި 140 އާއި 160އާ ދެމެދުގެ އަދަދަކަށް އުޅަނދު ޕާކު ކުރެވޭނެ ކަމަށެވެ.
ކާރުތައް ޕާކުކުރުމަށް ހާއްސަކޮށް ހުޅުމާލޭގައި ޕާކިން ޒޯނެއް ތަރައްގީ ކުރަން ނިންމާފައި ވަނީ މާލޭން އުޅަނދުތައް މަދުކުރުމުގެ ބޭނުމުގަ އެވެ. އެތަނުގައި މާލޭގެ ޓެކްސީތަކަށް ވެސް ޕާކު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އެގޮތުން ޕާކިން އޭރިއާ ހަދަން ނިންމާފައި ވަނީ މާލޭން ހުޅުމާލެއަށް އަރާ ހިސާބާ މާދުރު ނޫން ސަރަހައްދެއްގައެވެ.
އެތަން ހުޅުވޭނެ ދުވަހެއް ސިޓީ ކައުންސިލުން އާންމު ނުކުރި ނަމަވެސް މިހާރު އެތަން ކުރެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މާލެއިން އުޅަނދު މަދުކުރުމުގެ ގޮތުން މިހާރު އަންނަނީ މާލޭގައި ހުރި ބާވެހިކަލްތައް ވެސް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.