ads
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަދި އެމްޑަބްލިއުއެސްއީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް- ފޮޓޯ؛ އެމްޑަބްލިއުއެސްއީ
އެމްޑަބްލިއުއެސްސީ އިން ޑްރައިވިން ޓްރެކެއް އެޅުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި
މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ހުޅުމާލޭގައި ޑްރައިވިންގ ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި އެވެ.

އެމްޑަބްލިއުއެސްއީ އިން ބުނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން, އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމަށް ލައިސަންސް ޓެސްޓް ހެދުމަށްޓަކައި، ހުޅުމާލޭގައި ޑްރައިވިންގ ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއަށް ވަނީ ހަދިޔާ ކޮށްފައިވާކަމަށެވެ.

އެގޮތުން މިނިސްޓްރީއަށް ހަދިޔާ ކުރެވުނު ތަކެތީގެ އަގު ޖުމްލަ 1 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެތަކެތި އެމްޑަބްލިއުއެސްއީގެ ފަރާތުން މިނިސްޓްރީއަށް ހަދިޔާކޮށްފައި ވަނީ 18 އޮގަސްޓް 2021 ވަނަ ދުވަހު މިނިސްޓްރީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްފާޟިލް ޙަސަން ޝާޙުއެވެ.

އެރަސްމިއްޔާތުގައި ވާހަކަަފުޅު ދައްކަވަމުން މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަލްފާޟިލާ ޢައިޝަތު ނަހުލާ ވިދާޅުވީ ހުޅުމާލޭގައި ގާއިމް ކުރެވޭ ޑްރައިވިން ޓްރެކްއަކީ ވަރަށް ގިނަ ރައްޔިތުންނާއި ގުޅިފައިވާ ކަމެއްކަމާއި،  އެކަން ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެމްޑަބްލިއުއެސްސީގެ ސީއެސްއާރުގެ ދަށުން ވެދެއްވި އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.

your imageޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަދި އެމްޑަބްލިއުއެސްއީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް- ފޮޓޯ؛ އެމްޑަބްލިއުއެސްއީ

 އެމްޑަބްލިޔުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑްރައިވިން ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގެ މައިގަޑު މަގްސަދަކީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ލައިސަންސް ޓެސްޓް ހަދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށާއި، އެގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވަން ދަސްކޮށްދިނުމަށް އެކަށީގެންވާ ޖާގައެއް ނެތުމަކީ މިހާރު ޑްރައިވިން ސްކޫލްތަކަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން ކަމަށް އެމްޑަބްލިއުއެސްއީ އިން ބުނެއެވެ. އެމްޑަބްލިއުއެސްސީ އިން ބުނީ އެފަދަ ޓްރެކެއް ގާއިމްވެގެން ދިއުމުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ލައިސަންސް ދިނުމަށްޓަކައި ދެވޭ ޓެސްޓް ކުރިޔަށް ގެންދިޔުމަށް ރަނގަޅު މާހައުލެއް ލިބި، ޑްރައިވިން ޓްރެކްގެ ބޭނުން ހިފާ ފަރާތްތަކަށް ފަސޭހަކަން ލިބިގެން ދާނެއެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ، ކުންފުނިން ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގު ގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ތަފާތު އެކި އެކި ރޮނގު ރޮނގުން އެހީތެރިވެ، މަސައްކައްތައް ކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް