ads
ޝިފާ ބުރުގާ ނެގުމުން ސޯޝަލް މީޑިއާގައި އާންމުވާ ބައެއް ފޮޓޯ…
ބޭލި ބުރުގާ އާއެކު ފާޑުކިއުންތައް އަމާޒުވެ ޝިފާ "ހޫނުފެނަށް"!
“ވައިގަދާން ފެށިތާއޭ… ގުގުރާ އަޑުވެސް އިވެނިއްޔޭ…” މިއީ ވިއްސާރަ މޫސުން ތަކުގައި ވަރަށް ކިޔޭ ލަވައެކެވެ. މި ވަލައިގެ އާ ވާޝަން މި ވިއްސާރަ މޫސުމާ ދިމާކޮށް ސޯޝަލް މީޑީއާގައި މީމް އެއްގެ ގޮތުގައި އާންމުވީ ވަކި ހަމައެކަނި މޫސުން ގޯސް ވެގެންނެއް ނޫނެވެ. ފިލްމީ ތަރި މަރިޔަމް ޝިފާ ބޭލި ބުރުގާއާ ދިމާކޮށް ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ވެސް އެކަމުގެ އަޑު ގަދަވި ހިސާބުންނެވެ.

މަންމަގެ އެދުން ފުރިހަމަ ކޮށްދިނުމަށް މިދިޔަ ޖުލައި މަހު ޝިފާ ބުރުގާ އެޅުމަށް ފަހު އެޅި ބުރުގާ މި ފަހަރުވެސް ޝިފާގެ ބޮލުގައި ކެތެއް ނުވިއެވެ. މަހެއްހާ ދުވަސްތެރޭ ބުރުގާ ނަގައި އެއްލާލުމުން ސޯޝަލް މީޑިއާގައި ޝިފާ ރޮލާ ކައިލައިފިއެވެ. 

އިއްޔެ އާއި މިއަދު ޝިފާ އަށް ފާޑު ކިޔުން ނޫން ކަމެއް ގިނަ ދިވެހިން ނުކުރެއެވެ. އެކި ނޫސްތަކުން ލިޔެފައިވާ ހަބަރުތައް ޝެއާ ކޮށް ފާޑު ކިޔަމުން ގެންދާއިރު އަނެއް ބަޔަކު މީމްސް ތައް ހަދައިގެން ޝިފާ އަށް ދިމާކުރަނީ އެވެ. ޝިފާ ބުރުގާތައް ދާ ވެގެން ދޮންނަން އެޅީ ކަމަށް ވެސް ގިނަ ބަޔަކު ހީކުރި އެވެ.

"ވައި ގަދަވާން ފެށީތާއޭ.. ބުރުގާ ގަނޑު ވެސް ނެގެނިއްޔޭ.." މި މީމް ފެނިފައި މި މޫސުމާ ގުޅުން ހުރި ކަމެއްތޯ ސުވާލުކޮށް ގިނަ ބަޔަކު ޖޯކް ޖަހަމުންދާއިރު "ފުރާޅު މަތިން ޝިފާ ބުރުގާ އަޅައި، ފުރާޅުމަތިން ޝިފާ ބުރުގާ ބާލާ" އޭ ކިޔައި ދޫ ފުރޮޅި ތައް ވެސް ކިޔަން ފަށައިފިއެވެ.

your imageޝިފާ ބުރުގާ ނެގުމުން ހަދާފައިވާ މީމެއް…

ވަރުގަދަ ކަމެއްތާއެވެ.  ބުރުގާ ބާލާ ކޮންމެ ފަންނާނަކަށް ވެސް މިވަރު ކުރާނެކަން މިއަދު ކަށަވަރު ވެއްޖެއެވެ. ކުރިން ބުރުގާ އަޅާފައި ބުރުގާ ބޭލި ބައެއް ދިވެހި ފަންނާނުންގެ ފޮޓޯ ލިސްޓެއް ވެސް އިއްޔެ ފޭސްބުކް ތެރޭ އާންމު ވެއްޖެއެވެ. 

ޝިފާ ބުރުގާ ބޭލި ސަބަބު އޭނާގެ ދުލުން ރޭ ސަންގު އީ ޗެނަލް އިން ދެއްކި "ޓިއުސްޑޭ ނައިޓް ވިތް ޝިފާ"  ޝޯ ގައި މިވަނީ ކިޔައިދީފައެވެ. އޭނާ ބުރުގާ ބާލަން ޖެހުނު ބައިވަރު ސަބަބު ހުރި ކަމަށް ބުނެފައިވާއިރު ދެން "ޕާމަންނަންޓު" ކޮށް ނޫން ގޮތަކަށް ބުރުގާ ނާޅާނެ ކަމަށް އެ ޝޯގެ ތެރެއިން ވެސް އޭނާ ވަނީ އިއުލާނުކޮށްފައެވެ.

ބުރުގާ އެޅުމަށް ފަހު ދެވަނަ ފަހަރަށް ބުރުގާ ބާލަން ޖެހުމުން ދެރަވި ކަމަށް ވެސް އެ ޝޯގެ ތެރެއިން ޝިފާ ބުނި އިރު އޭނާ ބުރުގާ ނެގީމާ އެކަމާ ފާޑު ކިޔާމީހުންނަށް ވީ އިތުރު ޖޯކަކަށެވެ.  ގިނަ ބައެއް ވަނީ އެ ޝޯގައި ޝިފާ ދެއްކި ބައެއް ވާހަކަ ތަކުގެ ސްކްރީން ރެކޯޑް ކޮށް އެވެސް ވައިރަލް ކޮށްފައެވެ.

ޝިފާ ނެގި ބުރުގާ ޝިފާގެ ހާލަށް ދޫކޮށްލާކަށް ނުވޭ ހެއްޔެވެ؟ ދާ ވެގެން ދޮންނަން ނެގިޔަސް ނޫނީ އުމުރު ދުވަހު ބުރުގާ ނާޅާ ގޮތަށް އެ ބުރުގާ ނެގިޔަށސް މިކިޔާ ފާޑުކިޔުންތައް ހުއްޓޭނެ ބާވައެވެ. މިހާރު ގިނަ ބަޔަކު އުފައްދާ އަނެއް ސުވާލަކީ ޝިފާ އަނެއްކާ އާ ފެށުމަކުން ފަށަން މޫނު ބުރުގާ އަޅާފާނެ ތޯއެވެ.

11%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
65%
ވަރަށް ސަލާމް
ކޮމެންޓްސް