ads
ހދ. ކުމުންދޫ: ފޮޓޯ ކުމުންދޫ ކައުންސިލް
ހދ. އަތޮޅުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި ފުރަތަމަ ރަށަކަށް ކުމުންދޫ
ހދ. އަތޮޅުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި ފުރަތަމަ ރަށަކަށް ހދ ކުމުންދޫ ހިމެނިއްޖެ ކަމަށް ހދ. ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ހދ. ރީޖަނަލް ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ހދ. މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި ރަށަކަށް ކުމުންދޫ ވެގެންދިޔައީ ރޭގަ ކަމަށެވެ.

ކުމުންދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަހުމަދު ޝާކިރު ސީއެންއެމް އަށް ވިދާޅުވީ ވެކްސިން ފުރިހަމަ ކުރަންޖެހޭ މީހުންގެ އަދަދަކީ 753 މީހުންކަމަށާއި އެ އެންމެންގެ ތެރެއިން އެންމެ ފަހު މީހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމީ ރޭގެ ވަގުތެއްގައި ކަމަށެވެ.

"ކުމުންދޫ މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި. 12 އަހަރުން މަތީގެ 753 މީހުން އުޅެނީ. އެންމެ ފަހު މީހާއަށް ފުރަތަމަ ޑޯޒް ޖަހާފައިވަނީ ރޭގެ ވަގުތެއްގަައި،" އޭނާ ވިދާޅުވި އެވެ.

ބާރަ ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ ކުމުންދޫގައި ވެކްސިން ޖަހަން ހިންގާ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ. 

ޝާކިރު ވިދާޅުވީ ދެ ވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށާއި ދެވަނަ ޑޯޒް  ޖަހާ ނިމެނޭކަމަށް ލަފާ ކުރަނީ އަންނަ ނޮވެމްބަރު މަހު ތެރޭގައި ކަމަށެވެ.

ހދ. އަތޮޅުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި ރަށަކަށް ކުމުންދޫ ހިމެނިގެން ދިއުމާ ގުޅިގެން ކުމުންދޫގެ ކައުންސިލްގެ ރައީސް އަމީން މުހަންމަދު ވަނީ ރަށްރަށަށް ވެކްސިން ފޯރުކޮށް ދިނުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދާކޮށްފައި ވާ ދައުރު ފާހަގަކުރަށްވާފައެވެ. އަދި މީގެ އިތުރުން ކުމުންދޫ ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް ކުމުންދޫ ސުކޫލްގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް