ads
ރާއްޖޭގެ ރަށެއް
ދޮނައިޅި ކަނޑޫދޫގެ ވާހަކަ، ބިރުން ފިއްކަނޑައިގެން ދާވަރުވޭ
ނ އަތޮޅުގެ ރަށެއްކަމުގައިވާ ކަނޑޫދޫ ކުރީގެ ނަމުން ނަމަ ދޮނައިޅި ކަނޑޫދޫގެ ރައްޔިތުން ފުރޭތައެއްގެ ޝިކާރައަށްވެ ރަށް ފަޅުވި ވާހަކަ މީ ތުންތުން މަތިން އެހާ ގިނައިން އިވޭ ވާހަކައެއްނޫނެވެ.
Advertisement

ރާއްޖޭގައި ހިނގާފައިވާ ޖިންނި ފުރޭތައިގެ ވާހަކަތަކަކީ ގަބޫލުކުރަން ދަތި ނަމަވެސް ވަރަށް އަޑުއަހާލާހިތްވާ ވާހަކަތަކެކެވެ. މިފަދަ ހާދިސާތައް ހިނގާފައިވާ ބައެތް ރަށްތަކުގެ ތެރޭގައި ހދ. ކޭލަކުނާއި ގދ. ގަމުގެ ވާހަކަ އަކީ ގިނަބަޔަކު ދަންނަ ދެ ވާހަކައެވެ. ނަމަވެސް މިއަށްވުރެ ވެސް ބިރުވެރި ކަންތައްތައް ހިނގާފައިވާރަށްތައް އެބަހުއްޓެވެ.

ނ. އަތޮޅުގެ ދޮނައެރި ކަނޑޫދޫގެ ރައްޔިތުން ފުރޭތައެއްގެ ޝިކާރައަށް ވެ ރަށް ފަޅުވި ވާހަކަ މީ ތުންތުން މަތިން އެހާ ގިނައިން އިވޭ ވާހަކައެއްނޫނެވެ. ނަމަވެސް މިއީ ވަރަށް ފާހަގަ ކޮއްލެވޭ ވާހަކައެކެވެ.

އެ ދުވަސްވަރަކީ ރާއްޖޭގައި ރަސްކަމުގެ ނިޒާމް އޮތްދުވަސްވަރު ކަމުން ކޮންމެ ރަށަކުން ވެސް އަހަރަކު އެއްފަހަރު ރަދުންގެ އަރިހަށް ޒިޔާރަތް ކުރަން ޖެހޭ ކަމަށްވެއެވެ. އޭރު ކަނޑޫދޫއަކީ ނ. އަތޮޅުގައި ފަތްޕިލާވެލި އަހަރު ފެށޭކޮޅު ވަރަށް ތިޔާގިވާ ރަށެއްކަމުގައި ބުނެވެއެވެ. މިކަމާ ހުރެ ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅު މިރަށުގެ މީހުން ރަދުންނަށް ޒިޔާރަތް ކުރަމުން ގެންދެއެވެ.

އިރަކީ ރިޔަލުގައި ދަތުރު ކުރަމުން ދިޔަ ޒަމާނެއް ކަމުން މިގޮތަށް ކުރާ ދަތުރު ތަަކުގައި އާންމުކޮން ދެދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސް ވެސް ނަގައެވެ.

މިގޮތައް ދަތުރުމަތީ ހޭދަވި ރެޔަކު މިމީހުންނާ މި މީހުންގެ ރަށާ ދިމާލަށް މިސްރާބުޖަހައިގެން ދިޔަ އެހެންޏާ ނުފެންނަ ޒާތުގެ ބައްތެއްޔަކާ ދިމާވިއެވެ. ދެ އޮޑި ބައްދަލުވުމާއިއެކު ކަނޑޫދޫ އޮޑިން ގޮވާލިއެވެ. "ތީ ކޮންތާކަށް ދާ ބައެއް ހެއްޔެވެ". ބައްތެލިން ގޮވާލިއެވެ  "މިދަނީ ކަނޑޫދޫ މީހަކު ފޮނުވައިގެން ރުކުގައި ތައްކަށި (ތައްޖަހަން ގެންގުޅޭ އެއްޗެއް) ޖަހާށެވެ". ހައިރާން ވާންޖެހޭ ކަމަކީ ކަނޑޫދޫގެ މީހުން ދަތުރު ކޮށްފައި ދިޔައީ ފައްސިޔައިގައި ކަމަށްވުމާއި މި ބައްތެލިވެސް ދަތުރު ކޮށްފައި މިދަނީ ފައްސިޔައިގައި ކަމަށްވުމެވެ. އޮޑީގައި އެވަގުތު ހުރި ކަމުވޮށިގެންވާ މީހަކަށް މިއީ އާދައިގެ ކަމެށް ނޫން ކަން ރޭކާލައި އަވަހަށް ރަށައް ދިޔުމަށް ނަސޭހަތްތެރިވި ނަމަވެސް އެ އޮޑީގައި ދެން ތިބި މީހުން އޭނާ ދެއްކީ ވާހަކަ އަޑު  ނޭހުމުން މި ބައްތެލި ކިރިޔާ ލޯމަތިން ނުގެއްލި އޮއްވައި މިމީހާ ގޮވާލި އެވެ "އޭތް އޯތްޔެވެ، ހެޔޮނުވާނެ އެވެ، މަ ހުންނަނީ މަގޭ ރުއް ތަކުގައި ތައްކަށި ޖަހާފައެވެ". މި އަޑަށް ބައްތެލިން ޖަވާބުގައި ގޮވާލިއެވެ. އާންއެކޭ ކަލޭގެ ރުކަކާ ކާރިޔެއް ނުވާނަމޭ'. އޭގެފަހުން މި މީހާ އޮޑީގެ އެއްވެސް މީހަކާ ވާހަކައެއް ނުދައްކަ އެވެ. ބޮޑަށް ބެލެވެނީ މިއީ ސިހުރުގެ ކަމެއް ގޮތުގައެވެ. ސަބަބަކީ އެ ދުވަސްވަރު ރާއްޖޭގައި ސިހުރުކަންތައް ވަނީ ބޮއްސުންލާފައެވެ. 

ދެން މިމީހުން ދަތުރުކޮށްފައި ގޮސް ރަދުންނަށް ވެދުން ކޮށްފައި ރަށައް އާދެވުނުއިރު ރަށުގައި މި ކަމުވޮށިގެންވާ މީހާގެ ދެދަރިން އަދި އަނބިމީހާ ނޫން މީހަކު ރަށުގައި ނެތެވެ.

ގަބޫލުކުރަން ދަތި ނަމަވެސް މިއީހަމަ ހިނގި ކަމެއްކަމުގައި ނ. އަތޮޅުގެ ދެތިން މީހަކު ބުނެއެވެ.

2009 ވަނަ އަހަރު ކަނޑޫދޫވަނީ ފައިބަރު މަސަތްކަތް ތަކަށާއި ދަނޑުވެރިކަމަށް ދޫކުރެވިފައެވެ. އަދި ފަތުރުވެރިންނާއި ރާއްޖޭގެ މީހުން ދަތުރުދިޔުމަށް މިހާރު ކަނޑޫދޫ ބޭނުން ކުރާ ކަމުގައި ވެއެވެ.

6%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް