ads
ރޮނާލްޑޯ ފަރގަސަންއާ އެކު ޔުނައިޓެޑުގެ ދުވަސްވަރު
ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް
ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓޭޑަށް ބަދަލުވުމުގެ ހުރިހާ ކަމެއް ހަމަ ޖެހިއްޖެއެވެ.

އުމުރުން ތިރިސް ހަ އަހަރުގެ ރޮނާލްޑޯ އެނބުރި ޔުނައިޓޭޑަށް ބަދަލުވުމަށް ހަމަ ޖެހުނީ ޔުުވެންޓަސްއިން ރޮނާލްޑޯ، މެންޗެސްޓަރ ޔުނައިޓެޑުގެ ވާދަވެރި މެންޗެސްޓަރ ސިޓީއަށް ބަދަލުވުމުގެ ވާހަކަތައް އާއްމުވުމާއި އެކު އުފެދުނު ޓްރާންސްފަރ ފޯރީގައެވެ، މެންޗެސްޓާރ ޔުނައިޓޭޑުންވަނީ ހުކުރު ދުވަހުގެ ރޭ ކުރި ޓްވީޓެއްގައި ރޮނާލްޑޯއަށް އަލުން އެނބުރި ޔުނައިޓެޑަށް ގުޅޭ ކަން އިއުލާންކޮށް މަރުހަބާ ކިޔާފައެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑުގެ މެޑިކަލް ފުރިހަމަ ކުރާނެއެވެ. ދާއިމީ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ރޮނާލްޑޯ ޔުނައިޓެޑުން ރިއަލް މެޑްރިޑަށް ބަދަލުވީ ދެހާސް ނުވަވަނަ އަހަރުއެވެ. އޭނގެ ފަހުން ދެން އޭނާ ކުޅުނީ އިޓަލީގެ ޔުވެންޓަސްއަށެވެ. ރޮނާލްޑޯވަނީ ޔުނައިޓޭޑާ އެކު ޗެމްޕިއަންސް ލީގާ، ޕްރިމިއަރ ލީގު ކާމިޔާބުކޮށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް