މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފެރެންސް ސާވިސަސް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމް ކޮށްގެން ބާއްވާ "ހޮޓެލް އޭޝިއާ އެގްޒިބިޝަން 2019" އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު މި އަންނަ ހަފްތާގައި ބާއްވަން ނިންމައިފިއެވެ.

Advertisement

ހޮޓެލް އޭޝިއާ އެގްޒިބިޝަން މި މަހު ހަތް ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު ކަލިނަރީ ޗެލެންޖު އޮންނާނީ ހަ ވަނަ ދުވަހުގައެވެ.
މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި 45 ގައުމުން ބައިވެރިވާއިރު 160 ސްޓޯލެއް ހުންނާނެއެވެ. ބައިވެރިވާ ގައުމު ތަކުގެ ތެރޭގައި ސްރީލަންކާ، އިންޑިއާ، ޗައިނާގެ އިތުރުން ތައިލެންޑް ފަދަ ގައުމުތައް ހިމެނެއެވެ.
މި އެގްޒިބިޝަނަކީ ބްރޭންޑްތައް އިޝްތިހާރު ކުރުމަށާއި ވިޔަފާރި ހިންގާ ފަރާތްތަކަށް ރަނުގެ ފުރުސަތު ލިބިގެންދާނެ އެގްޒިބިޝަނެކެވެ.
އެގްޒިބިޝަން އަށް ފަހު ބާއްވާ ކަލިނަރީ ޗެލެންޖުގައި 22 ކެޓަގަރީ އަކުން 450 ޝެފުން ބައިވެރިވާނެއެވެ.
އެ މުބާރާތުގެ ޖަޖިން ޕެނެލްގައި 15 ގައުމަކުން 24 ޖަޖުން ބައިވެރިވާނެއެވެ.
މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ މެއިން ސްޕޮންސަރަކީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އެވެ.