މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކޮޅުފުށި ސްކޫލުގެ ޓީޗަރުން މުޒާހަރާ ކުރީ ސާނަވީ އާ އަހަރުގެ ކިޔެވުން ފެށި މަހެއް ވެގެން ދިޔައިރުވެސް ސްކޫލްގެ އިންތިޒާމްތައް ފުރިހަމަ ނުވުމާއި ގުޅިގެން ހިތްހަމަނުޖެހިގެންނެވެ.
ކޮޅުފުށި ޓީޗަރުން މުޒާހަރާކޮށްފައިވަނީ ސްކޫލު ގޯތިތެރޭގައެވެ. އަދި ޓީޗަރުން ވަނީ ކިޔަވައިދޭން ކްލާސްތަކަށް ދިއުމަށް ދެކޮޅު ހަދާފައެވެ. މިހެންކަމުން މިއަދު އެ ސްކޫލުގައި ކިޔެވުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
ޓީޗަރުން ފާހަނގަ ކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ދަރިވަރުން ކިޔެވުމަށް ބޭނުންވާ ފޮތްތައް ހަމަނުޖެހުމާއި މެނޭޖުމަންޓުގެ މައްސަލަތައް ވެސް ހިމެނެއެވެ.