ads
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ---ފޮޓޯ: ސަން
އިސްލާމް ކިޔަވައިދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް: އެޑިޔުކޭޝަން
އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެ، މެއި ހައެއް ކޮމެޓީގެ ވާހަަކަތަށް އެޑިޔުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ދަރިވަރުންގެ މެދުގައި ދީނީ ގޮތުން ހަރުކަށި ފިކުރު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިސްލާމް މާއްދާ ކިޔަވައިދޭން ބޭރު ގެ ޓީޗަރުން ގެނައުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި އެކަމާއިމެދު އެޑިޔުކޭޝަން މިނިސްޓްރީއާއިއެކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގުތަށް ދާ ގޮތް އެންމެ ގާތުން ބެލުމަށް އެ މަޖިލީހުން ކަނޑައަޅާފައިވާ "މެއި 6 ކޮމެޓީ"އިން މަޝްވަރާކުރައްވާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން  މިއަދު އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއިން އެކުލަވާލެއްވި ރިޕޯޓްގައި ހުށައަޅުއްވާފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން، އެ މިނިސްޓްރީއާ ގުޅޭ ކަމަށް އެރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ ކަންކަން ތަންފީޒު ކުރެއްވުމުގެ މަސައްކަތާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، މިމަހުގެ 26 ވީ ބުރާސްފަތި ދުވަހު މެއި 6 ކޮމިޓީއިން އެ މިނިސްޓްރީއާ ބައްދަލު ކުރައްވާ، ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި އިނގިރޭސި ބަހުން އިސްލާމް
މާއްދާ ކިޔަވައިދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ނަމަވެސް އިސްލާމް މާއްދާގެ މުޤައްރަރު ތައްޔާރު ކުރެވިފައިވަނީ ދިވެހިބަހުން
ކަމަށްވެފައި އަދި، އެ މާއްދާ ކިޔަވައި ދެއްވުމަށް ތަމްރީން ކުރެވިފައިވާ، ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ދިވެހިރާއްޖޭގައި ތިއްބެވުމުން، އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައި ދިނުމަށް އެ މިނިސްޓްރީއިން ވިސްނާފައި ނުވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. 

"

އަދި، އިސްލާމް ކިޔަވައިދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއްވެސް، މި މިނިސްޓްރީގެ ނެތް ކަމުގައި ދެންނެވީން" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގަައުމީ މަޖިލީހުގައި އެ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ، ކޮމިޓީން ދާދިފަހުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ދަރިވަރުން ހަރުކަށި ފިކުރަށް ލޯބިޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވާނެ ގޮތްތަކާއިމެދު ދެ ފަރާތުން މަޝްއަރާކޮށްފައިވާކަމަށެވެ. 

"މިނިސްޓްރީ އެބަ ވިސްނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްގެން ކުދިންނަށް އުނގަންނައި ދިނުމަށް" އަފީފް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރުވެސް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިން އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރަން ދަސްކޮށް ދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވަވާ ކަމަށް އަފީފް ވިދާޅުވި އެވެ. އަދި ހަމައެހެންމެ މިހާރު ހަރުކަށި ފިކުރައް ލެނބެމުންދާ ދަރިވަރުންތިބި ސްކޫލުތައް ވެސް މިނިސްޓްރީން ފާހަނގަކޮށްފައިވާ ކަމަށް އަފީފު ވިދާޅުވިއެވެ. 

އަފީފް ވިދާޅުވީ ކަރިކިއުލަމްއަށް ގެންނަ ބަދަލާއެކު މިހާރު ބޭނުން ކުރަމުންދާ ފޮތްތަކުގައި ހުރި ނަފްރަތު އުފައްދާ ފަދަ ލިޔުންތައް ބަދަލުުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ކަމަށެވެ. 

ދިވެހި ރާއްޖޭގައި ގުރުއާން ކިޔަވައިދުމަށް މިއަހަރު ކުރީކޮޅު އިންޑިއާގެ ކެރެލާއިން ޓީޗަރުންތަކެއް ގެނެސްފައިވެއެވެ. އެފަހަރު ބެލެނިވަރިންގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން އެޑިކޭޝަން މިނިސްޓްރީން ބުނީ ބިދޭސީ ޓީޗަރުން ގެނަނީ ބޭނުންވާ ވަރަށް ދިވެހި ޓީޗަރުން ނުލިބުމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް