ads
އަހުމަދު ހަލީމް (ދޮންބިލެއް)
ނުފޫޒުފޯރުވި ކަމަށް ބުނާ އޯޑިއޯ ލީކްކޮށްލީ ފައިސާ ދީގެން: ދޮން ބިލެތް
އޯޑިއޯތައް ލީކްކޮށްލީ ފައިސާ ދީގެން ކަމަށް ބިލެތްދޫ ދާއިރާ މެމްބަރުން ހަސަން ހަލީމް(ދޮން ބިލެތް) ތުހުމަތުކޮށްފި އެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން މަޖިލީހުގައި އަޑުގަދަކޮށް މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރުމުން ސަރުކާރަށް ތާއިދުކުރާ ގިނަ މެމްބަރުން ތަކެއް ވަނީ ނިޒާމީ މައްސަލަ ނަގާ އިދިކޮޅު މެމްބަރުން ނަން އިއްވައިގެން ނަމަވެސް މަޖިލިސް ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަށް މަޖިލީހުގެ ރިޔާސަތުގައި އެދިފައެވެ. 

ނިޒާމީ މައްސަލައެއް ނަގަމުން މެމްބަރު ދޮން ބިލެތް ވިދާޅުވީ މަޖިލީހުގެ ނިޒާމް ގެއްލުވާލާ މެމްބަރުންގެ ނަން އިއްވައިގެން ވިޔަސް މަޖިލިސް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން އެ ދައްކަވާ ވާހަކަތަކަކީ މަޖިލީހުގެ ނިޒާމާއި ގުޅުން ހުރި ވާހަކަތަކެއް ނޫން ކަމަށް ދޮން ބިލެތް ވިދާޅުވިއެވެ. 

"މިއީ އެއްގޮތަކަށްވެސް ނިޒާމާއި ބެހޭ ކަމެއް ނޫން. އިއްޒަތްތެރި ރައީސް. ބަޔަކަށް ލާރި ދީގެން. ބަޔަކަށް ލާރި ދީގެން. އަދި އޯޑިއޯއެއް ނެރުނު ކަމުގައިވީ ވިޔަސް އެއީ މަޖިލީހުގެ ނިޒާމާއި. މި މަޖިލީހުގެ ނިޒާމާއި ގުޅުން ހުރި ކަމެއް ނޫން." މެމްބަރު ދޮންބިލެތް ވިދާޅުވިއެވެ.

އޭގެ އިތުރުން މެމްބަރުން ދޮންބިލެތް ވިދާޅުވީ "އޯޑިއޯކޮޅެއް" ގޮތް ނޭނގޭ މީހެއް ލައްވާ އަޑެއް ނެރެގެން ޝަރީއަތޭ ކިޔައިގެން ވާހަކަދެއްކުމަކީ މަޖިލީހުގެ ނިޒާމް ގެއްލޭ ކަމެއް ނޫން ކަމަށެވެ.

ގިނަ މެމްބަރުންތަކެއް ނިޒާމީ މައްސަލަ ނަގާފައިވާއިރު، ނިޒާމީ މައްސަލައެއް ނަގަމުން ތިނަދޫ ދެކުނު ދާއިރާ މެމްބަރުން އަބްދުﷲ ސަނީފް ވިދާޅުވީ ނިޒާމީ މައްސަލައެއް ނެގޭނީ މަޖިލީހުގެ ނިޒާމް ގެއްލިގެން ކަމަށާއި މަޖިލީހުގެ ނިޒާމުގައި އެއްވެސް މައްސަލައެއް އަދި ނާންނަ ކަމަށެވެ. 

"އެހެން ނަމަވެސް މިއަދު ބައެއް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަކީ ކޯޓެއް ކަމަށް ފެނި އުޅުމަކީ އެއީ އެ ބޭފުޅުންގެ ބުއްދި ތަގައްޔަރުވެފައި ހުރިކަމުގެ ސާފު ހެއްކެއް. އެހެންވީމަ އެބޭފުޅުން ކޯޓަށް އެމައްސަލަ ހިފައިގެން ދުރުވުން އެދެން. މި މަޖިލީހަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓެއް ނޫން. އެހެންވީމާ މި މަޖިލީހު. ރައްޔިތުންގެ ބަސް އިއްވާ ތަނެއް." މެމްބަރު ސަނީފް ވިދާޅުވިއެވެ. 

މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު މެމްބަރުން ހުރަސްއަޅާތީ ވެރިކަން ކުރާ އެމްޑީޕީ މެމްބަރުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފް ނިޒާމް ހިފެހެއްޓުމަށް ފިޔަވަޅެއް އަޅާފައި ނުވާތީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް(އަދުން ހުސެއިން) ވަނީ އިދިކޮޅު މެމްބަރުންނާ ގުޅިގެން އަފީފް މަޖިލީސް ހަރާބުކުމަށް އުޅުއްވާ ކަމަށް ތުހުމަތުކޮށްފައެވެ. 

"އިއްޒަތްތެރި ރައީސް. މަޖިލީހުގެ ގަވާއިދަށް އިއްޒަތްތެރި ރައީސް ހުރުމަތްތެރިކޮށް ހިތަންވީ. މި ބޭފުޅުން ނެރެންވީ، ނަން އިއްވަންވީ، އިއްޒަތްތެރި ރައީސް މި ބޭފުޅުންނާ ގުޅިގެން މިއަދު މަޖިލިސް ތިޔަ ހަރާބުކުރަނީ. މި ބޭފުޅުންގެ ނަން އިއްވަންވީ." މެމްބަރު އަދުން ހުސެއިން ވިދާޅުވިއެވެ. 

އިދިކޮޅުން މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރަން ފެއްޓެވީ ރަސްފަރަށް އާގުބޯޓެއް އެރި މައްސަލާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން ތައްޔާރުވަމުންދަނިކޮށެވެ. މަޖިލީހުގަައި އަޑުއުފުލުމަށް ފަހު ޕީޕީއެމް-ޕީއެންސީ މެމްބަރުން ވަނީ ރައީސް އޮފީސް ކައިރިއަށް އިހުތިޖާޖު ކުރުމަށް ވަޑައިގެންފައެވެ. 

ޕީޕީއެމްއިން ބުނީ މެމްބަރުން ރައީސް އޮފީހަށް ވަދެވަޑައިގެންފައިވާ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައިވާކަމަށެވެ.  

ރައީސް އާ ބައްދަލުކުރަން ބޭނުންވަނީ ރައީސް ސޯލިހް، ރައީސް ޔާމިންގެ ޝަރީއަތައް ނުފޫޒް ފޯރުވާފައިވާކަން އޯޑިއޯތަކުން އެނގޭތީ ރީތިގޮތުގައި އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ދެންނެވުމަށާއި ރައީސް ޔާމީން ވަގުތުން މިނިވަންކުރުމަށް ދެންނެވުމަށް ކަމަށް އެ ކޯލިޝަނުން ބުނެއެވެ. 

ރައިސް ޔާމީނަށް ހުކުމް ކުރީ ނުފޫޒު ފޯރުވައިގެންކަމަށް ކްރިމިނަލް ކޯޓުގެ ތިން ގާޒީއަކު ވިދާޅުވާ އޯޑިއޯއެއް ލީކްވުމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ރޭ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައި ބުނެފައިވަނީ ގާޒީންގެ އެ އޯޑިއޯގައި ދައްކާފައިވާ ވާހަކަތަކުން އެނގޭގޮތުގައި ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ބާތިލު ހުކުމެއްކަން ސާފުކޮށް އެނގި ހާމަވެއްޖެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް