ads
އާހިދު ރަޝީދު ފޮޓޯ:-- ޕީއެސްއެމް
އިންފޮމޭޝަން ކޮމިޝަނަރަކަށް އާހިދު އައްޔަނުކުރަން މަޖިލީހުން ރުހުންދީފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަހުމަދު އާހިދު ރަޝީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

އާހިދު އޮންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހަމަޖެއްސުމަށް ވޯޓު ދެއްވީ 49 މެމްބަރުންގެ ވޯޓުންނެވެ. 

އާހިދު އަކީ މީގެ ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ނަމާއިއެކު 4 ނަމެއް ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަޅުއްވާފައިވެއެވެ. ނަމަވެސް ކޮމިޓީން ދިރާސާ ކުރުމަށްފަހު ތަޅުމަށް ފޮނުވާފައިވަނީ އާހިދު ނަން އެކަނި އެވެ. 

މީގެ ކުރިން ވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމަށް ރައީސް، މަޖިލީހަށް ނަންތަކެއް ފޮނުއްވާފައިވެއެވެ. ނަމަވެސް އެފަހަރު ރައީސް ފޮނުއްވި އެއްވެސް ނަމަކަށް މަޖިލީހުގެ ރުހުން ނުލިބުމާއި ގުޅިގެން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީ އެވެ. 

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި ހުސެއިން ފިޔާޒް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް