ads
އިކޮނޮމިކް މިނިސްޓަރު ސައީދު: ފުނަދޫ އާއި އިހަވަންދިއްޕޮޅުގައި އެސްއީޒެޑް ހިންގަން އިފްޒާ އާއެކު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި - ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ
ބްލޫ ލޯނަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަަކަށް ފައިސާ ހޯދާނެ އެންމެ މޮޅު ގޮތް: ސައީދު
"ބްލޫ ލޯނަކީ ދެމެހެއްޓެނިވި އިންވެސްޓްމެންޓްތަކަށް ފައިސާ ހޯދާނެ އެންމެ މޮޅު ގޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައި މިވަނީ މިއަދު ޕެރެޑައިޒް އައިލެޑް ރިސޯޓުގައި ބޭއްވި އޭޝިއާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިޔާތުގައި އެކި ސްޓޭކް ހޯލްޑަރުންނާއިި، ކަމާ ބެހޭ މާހިރުންނާއި އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ އިސްވެރިން ބައިވެރި ވަޑައިގަނެ  މި ޒަމާނުގެ އެންމެ މުހިންމު މައްސަލަތަކާއި، "ބްލޫ" އިގްތިސާދުތަކުގެ ދެމެހެއްޓެނިވި ތަރައްގީއާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މިއަދުގެ މި އެއްވުމަކީ ބްލޫ އިގްތިސާދުތަކުގެ ދެމެހެއްޓެނިވި ކުރިއެރުމެއް ގާއިމްކުރުމަށް ހިއްސާވާ ދުނިޔޭގެ އެންމެންގެ ޒިންމާ ހަނދާން އާކޮށްދޭ ކަމެއްކަމަށް ސައީދުގެ ވާޙަކަފުޅުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

ކަނޑާ ފުންކޮށް ގުޅިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެވެފައިވާއިރު، ސަރުކާރުން ދަނީ ކަނޑުގެ މުހިންމުކަން ދެނެގަންނަން މަސައްކަތްކުރަމުންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ނާޒުކު އިކޯ ސިސްޓަމް ރައްކާތެރިކުރުމަށް ބްލޫ އިގްތިސާދުގެ ތެރޭގައި އިންވެސްޓްމަންޓްތައް ޕްރޮމޯޓްކޮށް ރޯލްއައުޓްކުރުމުގައި މިނިސްޓރީން ހަރަކާތްތެރިވަމުން ދާކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގެ މަގްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި، އިކޯ ސިސްޓަމްތައް ހިމާޔަތްކުރުމާއި، އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް އެހީތެރވުންކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މި ފޯރަމްގައި ރާއްޖޭގެ ބައިވެރިވުމަކީ ރައީސް މުއިއްޒުގެ ތަރައްގީގެ އެޖެންޑާއާ އެއްގޮތައް ކުރިއަށް ގެންގޮސް، ދެނެހެއްޓެނިވި ތަރައްގީއަށް ސަރުކާރުން  ވެފައިވާ ވައުދު ފުރިހަމަ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

އިންވެސްޓރުންނާއި، ޝެއާ ހޯލްޑަރުންނާއި ކަމާ ގުޅުންހުރި މާހިރުން ކުރިއަށް އޮތް ދެ ދުވަހު ބްލޫ އިކޮނޮމ ފޯރަމްގައި ވާހަކަދައްކަވާނެކަަމަށް ފާހަގަކޮށް ސައީދު ވަނީ އެމަނިކުފާނު އެ ފޯރަމް އިން ހާސިލް ކުރަން އުންމީދު ކުރައްވާ ކަންތައްތަކަށް އަލިއަޅުއްވާލާފަ އެވެ.

"އަޅުގަނޑުގެ އުންމީދަކީ، މި މަޝްވަރާތަކުގެ ސަބަބުން ދެމެހެއްޓެނިވި ބްލޫ އިގްތިޞާދުތަކުގެ މުހިންމުކަން ހާމަކޮށްދޭ ކަަންކަމަށް ދާއިމީ ހައްލު އަދި އަމަލީ ނަތީޖާތަކެއް ލިބިގެން ދިއުން" ސައީދު ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވާ ބޮޑެތި އިގްތިސޯދީ ގޮންޖެހުންތައް ބަލާ ހައްލުކުރަމުން ދާ، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން ފޯރަމްގައި މައިގަނޑު 3 ދާއިރާގައި ހުރިހާ ބޭފުޅުން މަޝްވަރާކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ފުރަތަަމަ ކަމަކަށް އިނޮވޭޝަންގެ ދައުރާއި، ފައިނޭންސިން މެކޭނިޒަމް ފުޅާކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް ފައިސާ ހޯދުމުގެ މައްޗަށް މިނިސްޓަރު ސައީދު އަލި އަޅުއްވާލިއެވެ. އަދި ބްލޫ ލޯނަކީ އިންވެސްޓްމަންޓް ތަކަަށް ފައިސާ ހޯދުމަށް އެންމެ މޮޅުގޮތަކަަމަށް ސައީދު ވިދާޅުވި އެވެ.

"ބްލޫ ލޯނަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް ފައިސާ ހޯދުމަށް މޮޅު ގޮތް، ގާނޫނީ ގޮތުން އިގްތިސާދަށް ބޭނުންވާ ކަންކަމުގެ އެންމެ ފުޅާ މިނަށް ކަންކަން ހާސިލްކުރުމުގަޔާއި މަޝްރޫއުތަކަށް ފަންޑު ހޯދުމަކި ރާއްޖެ ފަދަ ތަރއްގީވަމުން އަންނަ ގައުމުތަކަށް އުނދަގޫކަމެއް.އަޅުގަނޑުމެންނަށް ބޭނުންވަނީ، މިކަމަށް ވާސިލްވާ މަގުތައް ހޯދައި، މި މައްސަަލައަށް ފިޔަވަޅުތައް އަޅާ ސަޕޯޓް ދިނުން". ސައީދު ވިދާޅުވި އެވެ.

އިގްތިސާދު ކުރިެރުވުމަށް ދެވަނަ ކަމަކަށް އިސްކަންދޭންޖެހޭނީ އަމިއްލަ ފަރާތްތަކުގެ ދައުރުކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަމިއްލަ ފަރާތްތަކުގެ ސަބަބުން  ވަޒީފާގެ ފުރުސަތުތަކާއި އިގްތިސާދުގެ ދުޅަ ހެޔޮ ކަމަށް އެހީތެރިވެދޭ ނަމަވެސް އެމީހުންނަށް ކުރިމަތިވަނީ ފައިސާ ހޯދުމުގެ މައްސަލަކަމަށް ސައީދު ވިދާޅުވި އެވެ. 

"އަމިއްލަ ފަރާތްތަކަަށް ވަނީ ބޭނުން ވާ މިންވަަރށް ޓެކްނޮލޮޖީގެ ވަސީލަތްތައް ނުލިބިފަ އަދި އެމީހުންނަށް އާއިއިންފްރާސްޓްރަކްޗަރ އެކްސެސް ލިބެނީ މަދުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޝްވަރާތަކުގައި މަސައްކަތް ކުރަންވީ ކެޕިޓަލްގެ ހަރަދު ކުޑަކުރެވޭނެ އިނޮވޭޓިވް ފައިނޭންސިން މެކޭނިޒަމް ޕްރޮމޯޓް ކުރެވޭނެ ގޮތެއް ހޯދަން" ސައީދު ވިދާޅުވި އެވެ.

ތިން ވަނަ މައުލޫއަކަށް މިނިސްޓަރު އަލިއަޅުއްވާލާފައިވަނީ އިގްތިސާދީ ތަރައްގީގައި ޖެންޑަރ އިކުއަލިޓީ ނުވަތަ މިންތީގެ ހަމަަހަމަކަމުގެ މައްޗަށެވެ.އެއީ ފަރުވާކުޑަ ނުކުރެވޭނެ މުހިންމު ދާއިރާއެއްކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

"ޖެންޑަރ އިކުއަލިޓީ އެއީ ހަމައެކަނި ގަވައިދެއް ނޫން، މުޖުތަމައުގެ ހުރިހާ މެންބަރުން އިގްތިސާދު ކުރިއެރުވުމުގައި ހިމެނުމަކީ އާއްމު ވިސްނުމެއް. އިގްތިސާދު ކުރިއެރުވުމުގައި އަންހެނުންނަކީ މޮޅެތި ތަފާތު ބާވަތުގެ ހިޔާލު ހުށަހަޅާ ބައެއް ނަމަވެސް އެމީހުންނަށް ދަނީ ގިނަ ފަހަރު ސަމާލުކަން ނުދެވި" ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ފޯރަމްގެ މަޝްވަރާގައި އަންހެނުންނަށް ދިމާވާ ތަފާތު ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އިލްތިމާސްކޮށްފަ އެވެ.

މި ފޯރަމުގައި 12 ވަރަކަށް ގައުމުން 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެ އެވެ.

ނޫ އިގުތިސޯދު ނިސްބަތްކުރަނީ އިގުތިސޯދީ ކުރިއެރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ވަޒީފާތައް އިތުރުކުރުމަށްޓަކައި ކަނޑުފަޅުގެ ޤުދުރަތީ ވަސީލަތްތަކާއި މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރުމަށެވެ. ނޫ އިގުތިސޯދުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑު ދަތުރުފަތުރު ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުނި މެނޭޖުކުރުމާއި އަދިވެސް ކަނޑުފަޅާއި ގުޅިފައިވާ މިފަދަ އެހެނިހެން ގިނަ ދާއިރާތަކެއް އެކުލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް