އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށުނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
އެމްޓީސީން ބުނީ ދިއްގަރުގައި އެ ހިންގާ މަޝްރޫއުގެ އަގަކީ 121.84 މިލިއަން ރުފިޔާ ކަމަށެވެ.
ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
އޭގެ އިތުރުޖް 287 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.