ads
ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ )ގެ މެމްބަރުން
ލީކުވެފައިވާ އޯޑިއޯތަކަކީ ސައްހަ އެއްޗެއްތޯ ބެލުމަށް އެނަލަސިސް ހަދަނީ
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑަރިންގެ މައްސަލާގައި ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް އިއްވި ހުކުމާއި އަދި އޭރު ކްރިމިނަލް ކޯޓުގައި ހިނގާދިޔަ ޝަރީއަތްތަކާއި ގުޅޭ ގޮތުން އެ ކޯޓުގެ ބައެއް ފަނޑިޔާރުން ދެއްކެވި ކަމަށް ބުނާ ވާހަކައިގެ އޯޑިއޯ ލީކުވެފައި ވާތީ، އެ އޯޑިއޯތަކުގެ އެނެލިސިސް ހެދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފުލުހުންގެ އިދާރާގައި އެދިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު އަދި ގާޒީ އަލީ އާދަމުގެ އޯޑިއޯއެވެ. އެ ތިން އޯޑިއޯ ކްލިޕުގައި ވެސް ދައްކަވާފައި ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާ ގުޅޭ ވާހަކައެވެ. 

ޖޭއެސްސީން މި މައްސަލަ ބަލައި މި ގާޒީންނާ ސުވާލުކޮށްފައިވާއިރު، އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ތިން ފަނޑިޔާރުން ވެސް ވަނީ ވިދާޅުވެފައެވެ. ޖޭއެސްސީން ބުނީ ލީކުވެފައިވާ އޯޑިއޯތަކުގެ ތަހުގީގު ހިންގުމަށް ކުރަން ޖެހޭ ތަހުލީލު ހެދުމަށް ތިން ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ދޭން އެއްބަސްވެފައިވާ ކަމަށެވެ. 

އަދި އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބައެއްގެ ނުފޫޒުގައި ކަމަށް ދޭހަވާ ގޮތަކަށް ބެންޗުގައި ހިމެނޭ ތިން ފަޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކުގެ މައްސަލަ އާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުން ވަނީ ރައީސް އޮފީހުގެ ޗީފް އޮގް ސްޓާފް އަލީ ޒާހިރު އާ ބައްދަލުކުރައްވާފައެވެ. އޯޑިއޯތަކުގެ މައްސަލަ ބަލަން ރައީސް އޮފީހުން ވެސް ވަނީ ފުލުހުންނަށް އަންގާފައިވާ ކަމަށް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ. 

ފަސް އަހަރުގެ ޖަލު ހުކުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވަނީ ބެންޗުގައި ތިއްބެވި ގާޒީން "ރަހީނުކޮށްގެން" ކަމަށް އެމައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެފައިވާ އޯޑިއޯއެއް ލީކުވެފައިވަނިކޮށް އެ މައްސަލަ ހިނގައިދިޔަ ގޮތާއި ބެހޭ ގޮތުން ބެންޗުގައި ހިމެނޭ އިތުރު ގާޒީން ތަކެއް ވާހަކަދައްކަވާ އޯޑިއޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. 

އެއޯޑިއޯގައި ދެހާސް ނަވާރަވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމަކީ ނުހައްގުން "ރައީސް ޔާމީން ސިޔާސީ ރޭހުން ބޭރުކޮށްލުމަށް އިއްވި" ހުކުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް