ads
ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު
2023ަގައި ވެރިކަން ކުރާނެ ޕާޓީއަކީ ޖޭޕީ: ރިޔާޒު ރަޝީދު
ދެހާސް ތޭވިސް ވަނަ އަހަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ވާދަކޮށް ރާއްޖޭގައި ވެރިކަން ކުރާނެ ޕާޓީ އަކަށް ޖުމްހޫރީ ޕާޓީ ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ރިޔާޒް މިހެން ވިދާޅުވީ މިރޭ ޖުމްހޫރީ ޕާޓީން ބޭއްވި އެ ޕާޓީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމިތައް ހަވާލްކުރުމަށް ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށް ނަތީޖާ ބޮޑު ތަފާތު ނަތީޖާ އަކުން ކާމިޔާބު ކުރުން އެއީ ޖުމްހޫރީ ޕާޓީގެ އަމާޒު ކަމަށެވެ.

އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ރިޔާޒް ވިދާޅުވީ، ގާސިމް އަބަދުވެސް ފެނިވަޑައިގަންވަނީ ވަރަށް ގައުމީ ބޭފުޅެއްގެ ގޮތުގައި ކަމަށާއި އެމަނިކުފާނު ގައުމުގެ ރައީސް ކަމަށް އިންތިހާބު ވެެއްޖެ ނަމަ ގައުމު އުފާކުރާނެ ކަމަށެވެ.

“މިއަދު ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމް ގެނެސް ރައްޔިތުންނަށް މިނިވަންކަމާއެކު ވޯޓި ލެވޭނެ މަގު ފަހިކޮށްދެއްވީ ގާސިމް އިބްރާހީމް، އެމަނިކުފާނު ހާއްސަ މަޖިލީހުގެ ރައީސްކަމަށް ނެތް ނަމަ އެކަމެއް ނުވާނެ” ރައީސް ކަމަށް ގާބިލް ބޭފުޅަކީ ގާސިމް ކަމަށް ދަންނަވަމުން ރިޔާޒް ވިދާޅުވިއެވެ. 

އެ ޖަލްސާގައި އިތުރަށް ރިޔާޒް ވިދާޅުވީ ޕާޓީ އަށް ގިނަ މެންބަރު ވަންނަމުންދާ ކަމަށާއި އެއީ މުޅިން ވެސް އަމިއްލަ ބޭނުންވެގެން ޕާޓީ އަށް ގުޅިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. އަދި ގާސިމް އިބްރާހީމް ރަސްމީކޮށް އެކަން ކުރައްވަން އުޅުއްވާ ނަމަ އެއަށް ވުރެ އަދަދު މަތިވާނެ ކަމުގައި ވިދާޅުވިއެވެ.

ކޮންމެ ވެރިކަމެއް ގެނައުމުގައި ވެސް ޖުމްހޫރީ ޕާޓީގެ ބޮޑުކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ، ޖުމްހޫރީ ޕާޓީ އަކީ މަގުމަތިން ވެރިކަން ވައްޓަން ނުކުންނަ ޕާޓީ އެއް ނޫން ކަމަށާއި އެކަމަށް ގާސިމް ރުހިވަޑައި ނުގަންނަވާ ކަމަށެވެ.

ގާސިމް އަކީ އެމަނިކުފާނަށް ތެދުވެރި ނޫން މީހުންނަށް ވަރަށް އިހުލާސްތެރި ބޭފުޅެއްކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ، ޕާޓީ އަށް އިހުލާސްތެރި ނޫން ބޭފުޅުން ހިދުމަތް ނުކުރެވޭ ކަމަށް ގަބޫލުކޮށް ވިސްނާ ޕާޓީގައި ހީވާގިކޮށް މަސައްކަތްކުރައްވާ މެންބަރުންނަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ. 

އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރުގެ ވެރިކަން ކާމިޔާބު ކުރުމަށް ޖުމްހޫރީ ޕާޓީ ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކި ހަރަކާތްތައް ހިންގަމުން އަންނަ ކަމަށެވެ. 

13%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް