ads
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ
ގާޒީ ސަލާމުގައި ހުންނެވުމުން މިއަދުވެސް އީސަގެ ޝަރީއަތް ކެންސަލްކޮށްފި
ކުރީގެ އަނބިމީހާ އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލައިގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފިއެވެ.

މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު، އަަސްރާ ނަސީމް އަށް، އީސަ ގެވެށި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، ދެމީހުންގެ ދެމެދު ހިނގައިދިޔަ އަރާރުމެއްގެ ތެރެއިން، އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އަސްރާގެ އަވަށްޓެރިން ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގެ ބަޔާން އަސްރާ އަމިއްލަޔަށް ވަނީ ފުލުހުންނަށް ދީފައެވެ. ނަމަވެސް ދަރިފުޅުގެ ހައްގުގައި ކަމަށް ބުނެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ ވަނީ ފަހުން އެދިފައެވެ.

އެހެންނަމަވެސް ފުލުހުން ބުނެފައިވަނީ ވަކި މީހަކު އެދިގެން ޖިނާއީ މައްސަލައެއްގެ ތަހުގީގު ހުއްޓައި ނުލާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި މެންބަރު އީސަގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ޖޫން މަހުގެ ތެރެގައި ފޮނުވިއެވެ.

އީސައަށް ކުރާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ތާވަލްކުރީ މިއަދު ހެނދުނަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު މިއަދު ސަލާމުގައި ހުންނެވުމުން، އެ މައްސަލައިގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލްވެފައިވާ ކަމަށެވެ.

މީގެ ކުރިން މި މައްސަލައިގައި ބާއްވަން އުޅުނު އަޑުއެހުން ވެސް ކެންސަލްވެފައިވަނީ ގާޒީ ސަލާމުގައި ހުންނެވުމުގެ ސަބަބުންނެވެ. 

ކުރީގެ އަނބިމީހާއަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް