ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
އޮޅިގެން ބޮޑު މުސާރައެއް ޖަމާކުރެވުނީ ޝީޓްގެ އަދަދުތައް އިސްފަސްވުމުން: ފިނޭންސް
ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މިމަހުގެ މުސާރަ ޖަމާކުރި އިރު "އޮޅިގެން" ބޮޑެތި އަދަދުތަކުން ޖަމާކުރެވިފައިވަނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އޮގަސްޓް މަހުގެ މުސާރަ އިއްޔެ ޖަމާކުރިއިރު ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކުރުމުގައި އުނި އިތުރު އައިސްފައިވާ މައްސަލަ އާއި ގުޅިގެން ފިނޭންސުން ބުނީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 1796 މުވައްޒަފުންނަށް މުސާރައިގެ އުނި އިތުރު އައިސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ބައެއް މުވައްޒަފުންނަށް އިތުރަށް ފައިސާ ޖަމާކުރެވިފައިވާއިރު ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިވަނީ މަދުންނެވެ. އެކަން އެމިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ އޮގަސްޓް 31 ވަނަ ދުވަހުގެރޭ 7:45 ގައި ކަމަށް މިނިސްޓްރީން ބުނެއެވެ. 

"މިގޮތަށް ދިމާވެފައިވަނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުން. މިކަންކަން ފާހަގަވުމާއިއެކު އެ ފައިސާ އަބުރާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި،" މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ އުނިވެފައިވާ ފަރާތްތަކަށް އެ ފައިސާ ދިނުމާއި އިތުރަށް ދެވިފައިވާ ފައިސާ, އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންދާ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރަ އާއި ގުޅުން ހުރި މަސައްކަތްތައް މިހާރު ރާވާފައިވާ ކަމަށެވެ. 

ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާކުރަނީ ފިނޭންސް މިނިސްޓްރީންނެވެ. 

ބައެއް ހޮސްޕިޓަލުތަކުން ސީއެންއެމްއަށް ބުނި ގޮތުގައި ބައެއް މުވައްޒަފުންނަށް 70،000 ރުފިޔާ "އޮޅިގެން ޖަމާވެފައިވާއިރު، އަނެއް މުވައްޒަފުންނަށް 77،000ވެސް ވަނީ މުސާރައިގެ ގޮތުގައި ޖަމާވެފައެެވެ. 

ބައެއް މުވައްޒަފުންނަށް ލިބުނު މުސާރަ ބޮޑުތަނުން ގިނަވިއިރު އަނެއްބައި މުވައްޒަފުންނަށް ލިބުނު މުސާރަ އުޅެނީ 6000 ރުފިޔާގައި ކަމަށްވެސް އެ ހޮސްޕިޓަލުތަކުން ބުނެއެެވެ. އަދި 4000 އިން މުސާރަ ޖަމާވެފައިވާ މުވައްޒަފުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ސީއެންއެމް އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނީ، މުސާރައިގައި އޮޅުންތަކެއް އުޅޭތީ އެކައުންޓުތަކުން ފައިސާގެ މުއާމަލާތުތަށް ނުކުރުމަށް ރޭ އެންގި ކަމަށެވެ. އަދި މިއަދު އިރުއެރިއިރު އެކައުންޓަށް "އޮޅިގެން" ޖަމާކުރި މުސާރަ އެއްކޮށް އަނބުރާ ނަނގާފައިވާ ކަމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް