ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސައިކަލަށް ދަވާދު ޖަހާފައިހުރި ކަމުގެ މައްސަލަ ރޭ ދަންވަރު 2:15 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގައި ބައެއް ފަރާތްތަކުން ބުނަމުންދަނީ ދަވާދު ޖަހާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އޭޖެންޓެއްގެ ސައިކަލަށް ކަމަށެވެ.
އެހެން ނަމަވެސް ފުލުހުން އަދި ރަސްމީ އިދާރާއަކުން ވެސް އެކަމާއި ބެހޭގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.