ads
ފަރާ ހާން…
ވެކްސިންގެ ދެޑޯޒް ޖަހާފައިހުއްޓާ ފަރާ ހާން ކޮވިޑަށް ޕްޒިޓިވް
ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރަފަރު އަދި ޑައިރެކްޓަރު ފަރާ ހާން ކޮވިޑް ބައްޔައް ޕޮޒިޓިވް ވެއްޖެއެވެ.
Advertisement

ބައްޔަށް ޕޮޒިޓިވް ވިކަން ހާމަކޮށް އޭނާ އިންސްޓަގްރާމް ގައި ބުނެފައިވަނީ ވެކްސިން ފުރިހަމަކޮށްފައި ހުރި ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ފަރާގެ އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އޭނާ އާއި ގާތުން ބައްދަލުވި މީހުން ބައްޔަށް ޓެސްޓުކުރަން އެދޭ ކަމަށާއި ބަލިން އަވަހަށް ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ފަރާ ކޮވިޑަށް ޕޮޒިޓިވް ވެފަައިވާއިރު އޭނާ ވަނީ ރިއަލިޓީ ޝޯ "ސުޕަރ ޑާންސް 4" އިން ވެސް ދާދި ފަހުން ފެނިފައެވެ. އެ ޝޯގައި ޖަޖު ޝިލްޕާ ޝެޓީއާއެކު ނަށާ ވީޑިއޯ އެއް ވެސް ދާދިފަހުން ފެނުނެވެ.

އޭގެ އިތުރުން އޭނާ ވަނީ އަމިތާބު ބައްޗަން އާއެކު ކޯން ބަނޭގާ ކަރޯޑް ޕަތީގެ ހާއްސަ ޝޯއެއްގައި ވަރަށް ފަހަކުން ބައިވެރިވެފައެވެ.

ގިނަ ފިލްމީ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ފަރާ ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ހުރިހާ ކަމެއް ހުއްޓާލައި މިވަގުތު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހުރި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް