ads
ފިންލޭންޑްގެ ބޮޑުވަޒީރު ސަންނާ މެރިން
ފިންލޭންޑްގައި މަސައްކަތް ކުރަންޖެހޭ ދުވަހާއި ވަގުތު މަދުކޮށްލަނީ
ފިންލޭންޑްގައި ހަފްތާ އަކު މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު މަދުކޮށް މަސައްކަތް ކުރަންޖެހޭ ވަގުތު ވެސް ކުޑަކުރަން އެ ގައުމުގެ އާ ބޮޑުވަޒީރު ސަންނަ މެރިން މަސައްކަތް ފައްޓަވައިފި އެވެ.
Advertisement
ފިންލޭންޑްގައި ހަފްތާ އަކު މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު މަދުކޮށް މަސައްކަތް ކުރަންޖެހޭ ވަގުތު ވެސް ކުޑަކުރަން އެ ގައުމުގެ އާ ބޮޑުވަޒީރު ސަންނަ މެރިން މަސައްކަތް ފައްޓަވައިފި އެވެ.

އެގޮތުން ބޮޑުވަޒީރު ސަންނަ ނިންމަވާފައިވަނީ ހަފްތާ އަކު ހަތަރު ދުވަހު މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި ހަމަޖެއްސުމަށާއި ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރާ ވަގުތަކީ ހަ ގަޑިއިރަށް ހެދުމަށެވެ.

ފިންލޭންޑްގައި މިހާރު ހަފްތާ އަކު މަސައްކަތް ކުރަނީ ހަފްތާއަކު ފަސް ދުވަހު އަދި ކޮންމެ ދުވަހަކު އައްގަޑިއިރު އެވެ.

ބޮޑުވަޒީރުން ސަންނަ މެރިން ވިދާޅުވީ ފިންލޭންޑްގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް އާއިލާއާ އެކު ހޭދަކުރުމަށް ގިނަ ވަގުތު ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވުމުގެ ކުރިން ފިންލޭންޑްގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ވެސް ސަންނާ ވަނީ ފިންލޭންޑްގައި މަސައްކަތް ކުރަންޖެހޭ ދުވަހާއި ވަގުތު މަދުކުރުމަށް ވަކާލާތު ކުރައްވާފަ އެވެ. އެހެންކަމުން ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގައި މިކަމަކީ އެކަމަނާގެ ވައުދެކެވެ.

ބޮޑުވަޒީރު ސަންނަގެ މި ޕްލޭން ތަންފީޒުކުރުމަށްޓަކައި މިހާރު ވަނީ ކޯލިޝަންގެ ބައިވެރިންނަށް ހުށަހަޅުއްވާފަ އެވެ. އަދި މިއީ ކޯލިޝަން ޕާޓީތަކުން ވެސް ތާއީދު ކުރާ ހުށަހެޅުމަކަށް ވާތީ މިކަމަށް ވަރަށް އަވަހަށް އަމަލުކުރާނެ ކަމަށްވެސް މުރާސިލުން ބުނެ އެވެ.

ފިންލޭންޑްގައި ވެރިިކަން ކުރާ ކޯލިޝަން ސަރުކާރުގައި ހަތަރު ޕާޓީ ހިމެނޭއިރު މި ހުރިހާ ޕާޓީއެއްގެ ލީޑަރުންނަކީ ވެސް އަންހެނުންނެވެ. އަދި އެތަނުން ތިން ބޭފުޅުންނަކީ އުމުރުން 35 އަހަރުން ދަށުގެ ބޭފުޅުންނެވެ. އުމުރުން 34 އަހަރުގެ ބޮޑުވަޒީރު ސަންނަ އަކީ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރެވެ.

ފިންލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން 2015 ވަނަ އަހަރުން ފެށިގެން ސަންނަ އަދާކުރައްވަމުން ގެންދަވާއިރު އޭނާ އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެހެންކަމުން ސަންނަ މެރިން ވެވަޑައިގެންފައިވަނީ ދުނިޔޭގައި މިވަގުތު ހުންނެވި ދެވަނައަށް އެންމެ ޒުވާން ބޮޑުވަޒީރަށެވެ.

ފިންލޭންޑްގައި މަސައްކަތް ކުރަންޖެހޭ ދުވަސް ހަތަރު ދުވަހަށް އަދި މަސައްކަތް ކުރަންޖެހޭ ވަގުތު ހަ ގަޑިއިރަށް މަދުކުރަން ތައްޔާރުވަމުންދާއިރު އަވަށްޓެރި ސްވިޑަންގައި 2015 ވަނަ އަހަރުން ފެށިގެން ގެންދަނީ މިގޮތަށް އަމަލުކުރަމުންނެވެ. ސްވިޑަން އިން ބުނީ މިބަދަލުގެ ސަބަބުން އެގައުމުގައި މަސައްކަތް ކުރާ މީހުންގެ އުފެއްދުންތެރިކަމާއި، ތަނަވަސްކަމާއި، އުފާވެރިކަން އިތުރުވެފައިވާ ކަަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް