
މި އޮފާ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 180ޖީބީ އާއި ހަމައަށް ޑޭޓާ އާއިއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ. އުރީދޫއިން ބުނީ އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި އޮފާ އާއި އެކު ވަނީ އިތުރަށް ފުރިހަމަވެފައެވެ.
އެގޮތުން އާޗާ ޕްރިޕެއިޑަށް ގެނެވިފައިވާ ބަދަލުތައް ތިރީގައި މިވަނީއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް | އަގު (ރުފިޔާ) | ކޮންމެ މަހަކަށް ލިބޭ އެލަވަންސް | ބޭނުންކުރެވޭ މުއްދަތު |
އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް | 150 | 3 ޖީބީ (ދުވާލަކު 1 ޖީބީ + 1 ޖީބީ ރެގިއުލަ ބޯނަސް ޑޭޓާ + ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް 1 ޖީބީ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް | 7 ދުވަސް |
އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް | 500 | 3 ޖީބީ (ދުވާލަކު 1 ޖީބީ + 1 ޖީބީ ރެގިއުލަ ބޯނަސް ޑޭޓާ + ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް 1 ޖީބީ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް | 30 ދުވަސް |
އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް | 750 | 6 ޖީބީ (ދުވާލަކު 2 ޖީބީ + 2 ޖީބީ ރެގިއުލަ ބޯނަސް ޑޭޓާ + ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް 2 ޖީބީ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް | 30 ދުވަސް |
މިއަދު މި ލޯންޗްކުރެވުނު އާޗާ ޕްރިޕެއިޑްގެ ހާއްސަ އޮފަރ ފަރުމާ ކުރެވިފައިވަނީ ކަސްޓަމަރުން ކޮންމެތާކު ކޮންމެވަގުތެއްގައިވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިލަދީ އަދި ސްޓްރީމިންގް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައްވެސް އިތުރު ހާސްކަމެއްނެތި ބަލާލެވޭގޮތަކަށް ކަމަށް އުރީދޫއިން ބުނެއެވެ. އާޗާ ޕްރީޕެއިޑް ނަންގަވާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލާ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ހާއްސަކޮށް ބަހާލެވިފައެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެއެވެ.
އުރީދޫ އެޕް ބޭނުންކޮށްގެން އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލެވޭނެއެވެ. އެސްއެމްއެސް މެދުވެރިކޮށްވެސް އަޗާ ޕްރިޕެއިޑް އެކްޓިވޭޓްކޮށްލެވޭއިރު، އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި 1#*929* އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓްކޮށްލެވޭނެއެވެ.
އާ ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑާޑް ޕްރީޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ.