ads
އައިޝްވާރިޔާ އަދި އަބީޝޭކް
އަނބިމީހާއާއި ކުރާ ޒުވާބު "ސޮރީ"އަކުން ނިންމާލަން ޖެހެނީ ނިދި އައިސްގެން: އަބީޝޭކް
ގުރޫ ފިލްމް ނެރުނު 2007 ވަނަ އަހަރުގެ އެޕްރީލް 20 ވަނަ ދުވަހު އައިޝްވާރިޔާއާއި އަބީޝޭކް ކައިވެނި ކުރިއިރު އެމީހުންގެ ކައިވެންޏަށް ދަރިއަކު ލިބުނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ.
Advertisement

އަބީޝޭކް އާއި އައިޝްވާރިޔާ އާއި ދެމީހުން ބައިވެރިވި ޝޯއެއްގެ ތެރެއިން އެދެމީހުންގެ ކާމިޔާބު ކައިވެންޏާ ބެހޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ. އެދެމީހުން އެކަކު އަނެކަކާއި ޒުވާބު ކުރަންތޯ އެ އިންޓަވިއުއެއްގައި ސުވާލުކުރުމުން އައިޝްވާރިޔާ ބުނީ ކޮންމެ ދުވަހަކު ޒުވާބުކުރާ ކަމަށެވެ. ނަމަވެސް އަބީޝޭކް ބުނީ އެއީ ޒުވާބަށް ވުރެ ބޮޑަށް ދެބަސްވުން ކަމަށާއި އެއީ ސީރިއަސް ދެބަސްވުންތަކެއްވެސް ނޫންކަމަށެވެ. 

ދެމަފިރިން އެކަކު އަނެކަކާއި ޒުވާބު ނުކުރާނަމަ ވަރަށް ފޫހިވާނެ ކަމަށް ބުނެ ވާހަކަދައްކަމުން އަބީޝޭކް ބުނީ ދެބަސްވިނަމަވެސް އެކަމުގައިވެސް ގަވާއިދެއް އެދެމަފިރިން ގެންގުޅޭ ކަމަށެވެ. އެއީ ދެބަސްވުމަށްފަހު ހިތްހަމަ ނުޖެހިގެން ހުރެ ނިދުމެވެ. އަބީޝޭކް ބުނީ މުޅި ދުވަހު ޒުވާބުކޮށް އަރާރުން ވިޔަސް ދެމީހުންވެސް ނިދަނީ ސޮރީއަކުން ކަމަށެވެ. 

އެހެންނަމަވެސް ދެބަސްވުމަކަށް ފަހު ވެސް އަބަދުވެސް ސޮރީ ބުނަންޖެހެނީ އޭނާކަން ފާހަގަކުރަމުން އަބީޝޭކް ބުނީ އަންހެންވެރިން އެއްގޮތަކަށް ވެސް ސުލްހަވާން އިސް ނުނަގާނެކަމަށެވެ. އެހެންކަމުން ޒުވާބު ކުރުމަށްފަހު އަބީޝޭކް ސޮރީ ބުނެ ނިންމާލަންޖެހެނީ ނިދިއައިސްގެ އަވަހަށް ނިދަން ބޭނުންވާތީ ކަމަށް އޭނާ ބުނެއެވެ. 

" ސޮރީއަކުން ނިންމާލަނީ ނިދިއައިސްގެން އަވަހަށް ނިދަން ބޭނުންވާތީ. އަންހެނުން ދުވަހަކުވެސް ސުލުހައެއް ނުވާނެ. އެ ހެޔޮ ކޮންމެ ކަމެއް ކޮންމެ ގޮތަކަށްވިޔަސް އެމީހުން ބުނާ އެއްޗަކީ އަދި ކުރާ ކަމަކީ އަބަދުވެސް ރަނގަޅު ކަންކަން. މިކަން ފިރިމީހާ ގަބޫލު ކުރިވަރެއް އެމީހަކަށް ރަނގަޅު ވާނީ" އަބީޝޭކް ބުނެފައިވެއެވެ.

މިސް ވޯލްޑްގެ ތާޖު އުފުލާލި، މަޝްހޫރު ތަރި އައިޝްވާރިޔާ ރާއީއަށް އޭނާގެ ފިރިމީހާ އަދި އެކްޓަރު އަބީޝޭކް ބައްޗަން، ލޯބި ހުށަހަޅާފައިވަނީ، މަނީ ރަތުނަމް ޑައިރެކްޓްކޮށް 2007 ވަނަ އަހަރު ނެރުނު ފިލްމު، "ގުރޫ" ގެ ޝޫޓިންތައް ނިއުޔޯކުގައި ކުރިއަށް ދަނިކޮށް ފިލްމުގެ ޝޫޓިންގައި ބޭނުންކުރި ފޭކް އަނގޮއްޓިއަކުންނެވެ. ފޭކް އަނގޮއްޓިއަކުން ލޯބި ހުށަހެޅި ނަމަވެސް ކައިވެންޏަށް އެހުމުން އައިޝްވާރިޔާ ވަނީ އެވަގުތު ވެސް އާއެކޭ ބުނެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް