ads
“ގިރިދާ”އިން ފެންނާނެ ބައެއް ތަރިން…
"ގިރިދާ" ރިލީޒް ކުރަނީ މި މަހު ހަތެއް ގައި!
ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ސީރީޒް "ގިރިދާ" މި މަހު ހަތް ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ސީރީޒްގެ ޓީމުން ބުނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މީޑިއާނެޓް މަލްޓި ސްކްރީން އެޕުން "ގިރިދާ" ބަލައިލަން ލިބޭނެ ކަމަށެެވެ.

"ގިރިދާ" ގެ މާނައަކީ ތާކުން ތާކުން ނުޖެހޭ ވާހަކަ އެވެ.

އެ ސީރީޒަކީ ކުޅަދާނަ ޑައިރެކްޓަރު / އެކްޓަރު ޔޫސުފް ޝަފީއު(ޔޫއްޕެ) އޭނާގެ އަމިއްލަ ސްކްރީންޕްލޭ އަކަށް ހަދާފައިވާ ސީރީޒެކެވެ. 

މީގެ ކުރިން އޮފިޝަލް ޓްރެއިލާ އެއްވެސް އާންމު ކޮށްފައިވާއިރު ޓްރެއިލާ ފެށިގެން އަންނަނީ ފިލްމީ މަސައްކަތްތަކެއް ކުރަން އުޅޭ ބައެއްގެ ވާހަކަ ދައްކަމުންނެވެ. އެހެން ނަމަވެސް އެމީހުން އެންމެ ވެގެން އެ ކުރަން އުޅޭ މަސައްކަތް ތާކުން ތާކުން ޖެހޭނެ ހެނެއް ސީރީޒްގެ ނަމަށް ބަލައިލުމުން ހިއެއްނުވެއެވެ. 

ސީރީޒްގެ ލީޑު ރޯލުންވެސް ފެންނާނެ އަދި ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރު އަލީ އުސާ(ދޮނާ) މީގެ ކުރިން ބުނެފައިވަަނީ، ސީރީޒް ބަލާފައި ނުހީ ނީންދެވޭނެ ވަރުގެ މަޖާ މަންޒަރުތައް ހުންނާނެ ކަމަށެވެ.

ދޮނާ އާއެކު ދެން "ގިރިދާ" ގެ ލީޑުން ފެންނާނީ އަލީ އާޒިމް(ދޮން އައްޔަ)، އަހުމަދު ޒިޔާ އަދި އިބްރާހީމް ޖިހާދު (ޖިމީ) އެވެ. 

ފިލްމީ ދާއިރާގެ ސީނިޔަ ތަރިންގެ އިތުރުން އާ ތަރިންވެސް ފެންނާނެ ސީރީޒާ ބެހޭގޮތުން ދޮނާ އިތުރަށް  ބުނީ ކޮންމެ އެޕިސޯޑެއްގައި ވެސް އެ ހަތަރު މީހުންނާއެކު އާ ބަތަލާއެއް ފެންނާނެ ކަމަށެވެ. 

މާލެގައި ޝޫޓްކޮށްފައިވާ އެ ސީރީޒްގެ ކެމެރާ ކުރަނީ ޝިވާޒް (މާސްކޭ) އެވެ. އެޑިޓްކުރަނީ ޔޫއްޕެ އާއި ޝަފީގް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް