ދަތްފަނި ކައިގެން ވާ ތަދާއި އަޅާ ވޭނަށް ކެތް ނުވެގެން އުޅޭ ނަމަ އެކަމަށް ލުޔެއް ހޯދަން ޑެންސިސްޓެއް ގާތަށް ދިއުމުގެ ކުރިން ގޭގައި މިކަން ކަން ކޮށްލަބަލާށެވެ.
ކަރަންފޫ ތެޔޮ
ކަރަންފޫ…
ކަރަންފޫ ތެލަކީ ދަތްތަކުގައި ރިހުމާއި ހިރުގަނޑަށް ތަދުވާ ތަދުވުން ކުޑަކޮށްދޭ ގުދުރަތީ ބޭހެކެވެ. ކަރަންފޫ ތެޔޮ ފޮދެއް ކަފަ ކޮޅަކަށް އެޅުމަށް ފަހު ތަދުވާ ތަނުގައި ހާކައިލާށެވެ.
ލޮނުމެދު
ލޮނުމެދު…
ލޮނުމެދަކީ ދަތްފަނި ކެއުމަށް އެހީތެރިވެދޭ ބެކްޓީރިއާތައް ނައްތާލަދޭ އެއްޗެކެވެ. އެންޓި ބެކްޓީރިއަލް އަދި އެންޓި މައިކްރޯބިއަލް މާއްދާތައް ލޮނުމެދުގައި ގިނަ އިރު ދަތްތަކަށް ތަދުވާ ނަމަ ލޮނުމެދު ހަފާލާށެވެ. ނުވަތަ އެ ތަދުވާ ދަތަކާއި ދިމާލުގައި ކުޑަ ވަގުތު ކޮޅަކު ބާއްވާލާށެވެ.
ރީންދޫ
ރީންދޫ…
ބަދިގެ ތެރޭގައި ކައްކަން ގެންގުޅޭ ރީންދުލަކީ ދުޅަވެފައިވް ހިރުގަނޑަށް އަވަސް ޝިފާއެއް ލިއްބައިދޭ، އެންޓި ބެކްޓީރިއަލް މާއްދާތައް ގިނަ އެއްޗެކެވެ. ދަތެއް ފަނި ކައިގެން ތަދުވާ ނަމަ ނިދުމުގެ ކުރިން މަސްޓާޑް ތެޔޮ ފޮދެއްގެ ތެރެއަށް ރީންދޫ ކޮޅެއް އެއްކޮށްލުމަށް ފަހު ރިހޭ ދަތްތަކުގައި އުނގުޅާލާށެވެ.
ދަތްފަނި ކައިގެން ރިއްސާ ވަރުން ކެތް ނުވެގެން އުޅޭ ނަމަ މި ތިން ކަންތައް ގޭގައި ހުރެ ކޮށްލަ ބަލާށެވެ. މިއީ ގިނަ ބަޔަކު ދިރާސާ ކޮށްފައިވާ ދެތިން ފަރުވާ އެކެވެ. އެންމެ މުހިއްމީ އަބަދުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ.