ads
ރީކޯ މޫސާ މަނިކް---
ކެންޕެއިންގައި ވާ ވައުދުތަކާއި ގެންގުޅޭ އުކުޅުތައް ބަދަލަކުރަންޖެހޭ: ރީކޯ
ރިޔާސީ އިންތިހާބުތަކުގައި ސިޔާސީ މީހުންގެ މެދުގައި ވެރިކަމަށް އައުމަށްވަމުންދާ ވައުދު ތަކާއި ގެންގުޅުއްވާ އުކުތައް ބަދަލުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު(ރީކޯ) ވިދާޅުވެއްޖެއެވެ.

ވެރިކަމަށް އައުމަށް ވަމުންދާ ވައުދުތަކާއި އުކުޅުތައް ބަދަލު ކުރަންޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ރީކޯ ވިދާޅުވީ އިރު 2013 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގައި ބްރިޖު އެޅުމުގެ ވައުދުތައް އަންނަނީ ވަމުންނެވެ.

ރީކޯ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބު ތަކުގައި ވެފައިވާ ބޮޑެތި ވައުދުތައް ފުއްދަދީގެން ވެސް ދެ ވަނަ ފަހަރަށް ވެރިކަމަށް އާދެވުނު އެއްވެސް މީހަކު ނެތް ކަމަށެވެ.

ވެރިކަމަށް އައުމަށްޓަކައިވެފައިވާ ވައުދުތަކުގެ ތެރެއިން އެއާޕޯޓް އަޅައިދީ ފްލެޓް އަޅައިދީ އަދި ބިން ހިއްކުމުގެ އިތުރުން ބްރިޖް އަޅައިދީގެން ދެ ވަނަ ދައުރަކަށް އިންތިހާބުވި މީހެއް ނެތް ކަމަށް އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ވައުދުވާ ކަންތައްތަކާއި އުކުޅުތައް ބަދަލު ކުރަން ޖެހިފައިވާކަމަށް ވިދާޅުވެ ރީކޯ ޓްވީޓް ކުރެއްވިއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ބައެއް ސިޔާސީ ޕާޓީތަކުން އަންނަނީ ކުރަމުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގިނަ ބޭބޭފުޅުންގެ ވައުދަތަކުގެ ތެރޭގައި ބޯހިޔާވަހިކަން ހޯދައިދިނުމާއި ހެޔޮވެރިކަމެއްކޮށް ދިނުމާއި އިންސާފު ގާއިމުކޮށް ދިނުމުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް