ads
ފުއާދު ތައުފީގް (ކ) އަދި އަމްޖަދު މުސްތަފާ-- ފޮޓޯ: މިހާރު
އީސީގެ މެމްބަރު ކަމަށް ރައީސް އިސްކަންދެއްވީ ފުއާދާއި އަމްޖަދަށް
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްކަން ދެއްވާ ދެ ބޭފުޅުންނަކީ އެ ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި މިހާރުގެ ނައިބު އަމްޖަދު މުސްތަފާ އެވެ.
Advertisement
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްކަން ދެއްވާ ދެ ބޭފުޅުންނަކީ އެ ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި މިހާރުގެ ނައިބު އަމްޖަދު މުސްތަފާ އެވެ.

އަމްޖަދުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 އަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލިއިރު، 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރެއިން ބޭފުޅެއްގެ ނަމެއް ކަނޑައަޅައި ދެއްވުމަށް އެި މިއަދު ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ.

ކުރިމަތިލެއްވި ބޭފުޅުން:

1- ފުއާދު ތައުފީގު، މއ. ތަޅަމުދިގެ

2- އަމްޖަދު މުސްތަފާ، އަލިވާގެ ގއ. މާމެންދޫ

3- ހަސަން ނާޒިމް، ހ. ގާޑެނިއާ

4- ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

1- އައިމިނަތު ޝާދިޔާ، މ. ޕިސްތާގެ

2- މުއާވިޔަތު މުހައްމަދު، މ. ޒޭވަރު

3- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު 1851

4- މުހައްމަދު އަހުމަދުފުޅު، ބުރެވިމާގެ، ޅ. ހިންނަވަރު

5- ނިއުމާދު ޝަފީގް، މ. މާފުށީގެ

6- މުހައްމަދު އިސްމާއިލް، މ. ކެލާ

އޭގެ ތެރެއިން ރައީސް އިސްކަން ދެއްވާފައި ވަނީ ފުއާދު ތައުފީގާއި، އަމްޖަދު މުސްތަފާ، ހަސަން ނާޒިމް އަދި ހަނީފާ ހާލިދަށެވެ. ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު އެ މަގާމަށް ކަނޑައަޅައި ދެއްވުމަށް އެދި ރައީސް ސޯލިހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާސް ވަނީ ސިޓީފުޅެއް ފޮނުއްވާފަ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނަންތައް ދިރާސާ ކުރުމުގެ މަސައްކަތް ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް