މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި މި ސަރުކާރަކީ ރާއއްޖޭގައި މިހާތަނަށް އެންމެ ފުރިހަމަކޮށް އަދި އެންމެ މިނިވަންކަން ޑޮމޮކްރަސީ ހިންގުމުގެ ފުރުސަރު ދޭ ސަރުކާރުކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރު އެންމެ ރަނގަޅު ގޮތުގައި ހިންގުން ނުވަތަ "ގުޑް ގަވަނަންސް" އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުކުރަނީ މި ސަރުކާރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ (އާރުޓީއައި) ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ މައުލޫމާތު ހާމަކުރި ހަމައެކަނި ސަރުކާރަކީ މި ސަރުކާރުކަމަށެވެ. އަދި އެކަން އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު އާއްމުކުރައްވާފައިވާކަން ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އިންފޮމޭޝަން ކޮމިޝަރަކީ އިދިކޮޅު މީހެއްކަމަށާއި ސަރުކާރާއި އިދިކޮޅަށް ކަންކަން ކުރަން އޯޑަރު އަންނަ ބޭފުޅަކު އެކަން ހާމަކުރާނީ ސަބަބެއް އޮތުމުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ދެފުށް ފެންނަ ގޮތަށްް މައުލޫމާތު ހާމަކުރަމުންދާކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު ސަރުކާރުގެ މައުލޫމާތު ހާމަނުކޮށްގެން ގިނަ މައްސަލަތަކެއް ވަނީ އިންފޮމޭޝަން ކޮމިޝަނަށް ހުށައަޅާފައެވެ. އަދި ބައެއް މައްސަލަތައް ވަނީ ކޯޓާއި ހަމައަށްވެސް ގޮސްފައެވެ.
މީގެއިތުރުން އިންފޮމޭޝަން ކޮމިޝަރުގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަަޅަމުންދާ ކަމަށް ކަނޑައަޅައި، ރައީސް އޮފީސް މިމަހުގެ 13 ވަނަ ދުވަހު ކޮމިޝަނަރުގެ އޮފީހުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;